Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ސަރުކާރުން ޚަރަދުކުރީ ތަކެތީގެ އަގު ބޮޑުވެގެނެއްނޫން: ނަޝީދު

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ޚަރަދުކުރުމަށް ކަނޑައެޅި އަދަދަށްވުރެ އިތުރަށް ސަރުކާރުން ޚަރަދުކުރީ ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގު އުފުލުމުގެ ސަބަބުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުން ބަޖެޓު ދިރާސާކުރުމަށް އެކުލަވައިލި ބަޖެޓު ކޮމިޓީގެ މުޤައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަޕްލިމަންޓަރީ ބަޖެޓެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ބަޖެޓުގައި 5.8 ބިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް އެ ފައިސާއަކީ ސަރުކާރުން މިހާރުވެސް ޚަރަދުކޮށްފައިވާ ފައިސާ ކަމަށެވެ.

އެ ފައިސާއަކީ މިހާތަނަށް ޚަރަދުކޮށްފައިވާ ފައިސާއެއް ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ނަމަވެސް ބަޖެޓު ކޮމިޓީގެ ރިޕޯޓުން އެ ފައިސާ ޚަރަދުކޮށްފައިވާކަން ސާފުކޮށް އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދައިން އެ ފައިސާ ޚަރަދުކުރިނަމަ އެއީ މާލިއްޔަތު ޤާނޫނާ ޚިލާފަށް ހިންގާފައިވާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި އަހަރަށް ފާސްކުރި ބަޖެޓަކީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމުގައިވީ ނަމަވެސް އަހަރު ނިމޭއިރު މި އަހަރުގެ ބަޖެޓު ޖުމްލަ 42.8 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ސަރުކާރުން މިހާރު ލަފާކުރާކަން ފާހަގަކުރައްވައި ރައީށް ނަޝީދު ވިދާޅުވީ އެއީ ފާސްކުރި ބަޖެޓަށްވުރެ 5.8 ބިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ.

އަންދާޒާކުރި މިންވަރަށްވުރެ ސަރުކާރުގެ ޚަރަދުތައް ބޮޑުވި ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އައި ބަދަލުކަމަށް ސަރުކާރުން ބުނި ނަމަވެސް ބަޖެޓު ރިޕޯޓުން އެ ވާހަކައަކީ ޙަޤީޤަތެއް ނޫންކަން ސާފުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ރައީސް ނަޝީދު ފާހަގަކުރެއްވީ އިތުރުވާ ޚަރަދުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ސަރުކާރުން ދޭ ފައިސާ ހިމަނާފައިވާކަމެވެ. އަދި އެމަނިކުފާނު ވިދާޅުވީ އެގޮތަށް ފައިސާ ދެވޭނީ މަޖިލީހުން ފާސްކުރުމަށްފަހުގައި ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިގެން މި އަހަރު ޚަރަދުކުރަން މަސައްކަތްކުރާ 5.8 ބިލިއަން ރުފިޔާގެ ތަފުސީލު ދިނުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުއްވުން ފާސްކުރުމަށް ބަޖެޓު ކޮމިޓީގެ އަޣުލަބިއްޔަތުން ތާއީދުނުކުރިއެވެ. އެ ކޮމިޓީގެ އަޣުލަބިއްޔަތަކީ ވެރިކަންކުރާ އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ މެންބަރުންނެވެ.

މި ލިއުމާއި ގުޅޭ