Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

ރައީސް ޔާމީނަށް ނުހައްގުން އަނިޔާވެރިވާ ފަނޑިޔާރަށް ސަލާމަތެއް ނުވެވޭނެ: ޓޮމް

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މިހާރު ޝަރީއަތް ކުރެވެމުންދާ މައްސަލަތައް ބައްލަވާ ފަނޑިޔާރުން ނުހައްގުން ރައީސް ޔާމީންއަށް އަނިޔާވެރިވުމަށްފަހު ސަލާމަތްވެވިދާނެކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވި ގޮތުގައި، ވެރިކަން ނިމެން ދެން އޮތީ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ކަމަށާއި، ފަނޑިޔާރުން އެމީހުންގެ ރައްޓެހިންނާއި އަދި އާއިލާ މީހުންގެ ކައިރިން ދިވެހި ރައްޔިތުންގެ ވިސްނުންހުރި ގޮތް ސާފުކުރުމަށް އެދޭކަމަށެވެ.

"މިއަދު މަގުމައްޗަށް ނިކުމެ ޓެކްސީ ޑްރައިވަރުން ކައިރީގައި ނުވަތަ މީހެއް ކައިރީގައި އަހާލީމަ އެނގޭނެ ކޮންމެ ހަ މީހަކުން ކުރެ ކިތައް މީހުންތޯ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ތިބީ" ޓޮމް އިތުރަށް ވިދާޅުވިއެވެ.

މެމްބަރު ޓޮމް މިއަދު ކުރެއްވި ޓްވީޓް

މައްސަލަ ބަލައި ފަނޑިޔާރުންނަށް ނިސްބަތްކޮށް ޓޮމް އިތުރަށް ފާހަގަކުރި ގޮތުގައި، ރައީސް ސޯލިހު މުސާރަ ދޭތީއާއި، އާރުސީސީގެ ފްލެޓެއް ރިޒާވް ކޮށްދީފައިވާތީއާއި، ތިމާގެ މީހުންނަށް ނުވަތަ ރައްޓެހިންނަށް ސްޓޭޓް މިނިސްޓަރުކަން ނުވަތަ އެހެންވެސް ސިޔާސީ މަގާމެއް ދީފައި އޮތަތީވެ ރާއްޖޭގެ އެއްލައްކައަށް ވުރެ ގިނަ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން އަނިޔާވެރި ހުކުމެއް ކޮށްފައި އެމީހަކު ސަލާމަތްވާނެކަމަށް ހީކުރުމަކީ ކުށްހީއެކެވެ.

މެމްބަރު ޓޮމް މިފަދައިން ވިދާޅުވިއިރު، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ ހަތަރު މައްސަލައެއްގެ ދައުވާ މިވަގުތު ކްރިމިނަލް ކޯޓްގައި ހިނގަމުން ދެއެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއިން ރ. ފުއްގިރި ކުއްޔަށް ދިނުމާއި ގުޅިގެން އެ މަނިކުފާނުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގގެ ދައުވާއެއްގެ އިތުރުން، ވ.އާރަށް ކުއްޔަށް ދިނުމާއި ގުޅިގެން ކުރާ ރިޝްވަތު ހިފުމާއި އަދި މަނީ ލޯންޑްރިންގގެ ދައުވާ އެކެވެ.

ކްރިމިނަލް ކޯޓްގައި ހިނގަމުންދާ މި ހަތަރު ދައުވާގެ ޝަރީއަތް ހިންގަވަމުން ގެންދަވަނީވެސް އެ ކޯޓްގެ އިސް ގާޒީ އަހްމަދު ޝަކީލް އެވެ.

ދައުލަތުގެ ފަރާތުން އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅި ރ.ފުއްގިރި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ވަކި ހިސާބަކުން އެ މައްސަލަ އެއްކޮށް މަޑު ޖައްސާލުމަށް ފަހު މިހާރު އެންމެ ބާރު ސްޕީޑްގައި ކުރިއަށް ގެންދަނީ އޭގެ މާފަހުން އެކޯޓަށް ހުށަހެޅި ވ.އާރަށް މައްސަލާގައި ރައީސް ޔާމީންއާއި ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީޢަތްތަކެވެ.

ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ރ.ފުއްގިރި މައްސަލާގައި ހުށަހަޅާފައިވާ އިރު، އެ ހުށަހެޅުންތަކާއިމެދު ގޮތެއް ކަނޑައެޅުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުރު މުއްދަތު ފަހަނައަޅައި، އަހަރެއްހައި ދުވަސް ފާއިތުވެ ދިޔަ އިރުވެސް އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއް ނުބާއްވަނީ ކޮން ސަބަބަކާއިހުރެ ކަމެއް ސާފެއް ނުވެއެވެ. އެ މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ދައުވާކުރާ އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމްގެ ކުންފުނީގެ މައްޗަށްވެސް ރިޝްވަތު ދިނުމާއި މަނީލޯންޑްރިންގގެ ދައުވާ އުފުލާފައިވެއެވެ.

މި ލިއުމާއި ގުޅޭ