Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

ޓުވިޓަރއިން ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު އަނބުރާ ދީފި

މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓަރއިން އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު އަނބުރާ ދީފިއެވެ.

ޓްރަމްޕްގެ ފޭސްބުކް އަދި ޓުވިޓަރ އެކައުންޓް އެ ދެ ޕްލެޓްފޯމުންވެސް ބްލޮކްކުރީ އެމެރިކާގެ އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕްއަށް ނާކާމިޔާބީއާއި ކުރިމަތިލާންޖެހުމުން ޓްރަމްޕް އިސްވެ ހުރެ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީސް ކުރާގެއަށް އޭނާގެ ސަޕޯޓަރުން އެއްވާން ގޮވާލާ، އިންތިހާބުގެ ސައްހަކަމާއި މެދު ސުވާލު އުފައްދަން ފެށުމުންނެވެ.

ދާދިފަހުން 44 ބިލިއަން ޑޮލަރަށް ޓުވިޓަރ ގަތް، އެމެރިކާގެ މަހުޖަނު އީލަން މަސްކު އިއްޔެ ވަނީ އަލުން ޓްރަމްޕް ޓުވިޓަރއަށް ގެންނަން ފެނޭތޯ ޕޯލްއެއް ނަގާފައެވެ. 15 މިލިއަނަށްވުރެ ގިނަ މީހުން ޥޯޓުލީ އެ ޕޯލްގައި 52 އިންސައްތަ މީހުން ވޯޓު ދިނީ ޓްރަމްޕް އަނބުރާ ގެނައުމަށެވެ.

އެ ޕޯލް ނިމުމާއި އެކު މަސްކް ވަނީ ޓްރަމްޕްގެ އެކައުންޓު އަލުން އިއާދަކޮށްފައެވެ. މަސްކު ދަނީ ޓުވިޓަރއަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ޓްރަމްޕްގެ އިތުރުންވެސް ކުރިން އެގޮތަށް ބްލޮކްކޮށްފައި ހުރި ބައެއް ފަރާތްތަކުގެ އެކައުންޓް މަސްކުވަނީ އަލުން ދީފައެވެ.

އެކައުންޓު އަލުން ލިބުނު ނަމަވެސް ޓްރަމްޕް މިހާތަނަށް ޓުވީޓުކޮށްފައިނުވެއެވެ. އެ ޕޯލް ފެށިފަހުން ރިޕަބްލިކަން ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕްވަނީ އެކައުންޓު ލިބުނަސް އޭނާ ދެމި ހުންނާނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތު ސޯޝަލްގައި ކަމަށް ވިދާޅުވެފައެވެ. އަދި ޓުވިޓަރގައި މައްސަލަތަކެއް ހުރިކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޓްރަމްޕް އިއުލާންކުރައްވާފައިވާއިރު ޓުވިޓަރ އެކައުންޓް އަލުން ލިބުމަކީ ޓްރަމްޕްއަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ލިއުމާއި ގުޅޭ