Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ: މަރުވި އެންމެންގެ ހަށިގަނޑު ފޮނުވާލައިފި

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ހަށިގަނޑު ވެސް އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވެފައިވަމީ އިންޑިއާގެ އަށް މީހުންނާއި ބަނގުލަދޭޝަށް ނިސްބަތްވާ ދެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭގެ ތެރެއިން އިންޑިއާ އަށް ނިސްބަތްވާ އަށް މީހުން އިއްޔެ ފޮނޮވާލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ހާދިސާގައި އަނިޔާވި މީހަކަށް އަދިވެސް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ދެނެގަނެވިފައި ނުވާއިރު، މިއީ މިހާތަނަށް މާލޭގައި އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ މަރުވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެންމެ ފުރަތަމަ ރޯވީ މ. ނިރުފެހިގޭގެ ތިރީގައި ހުންނަ ގަރާޖެއްގައެވެ.

އޭގެ ފަހުން އެ ގަރާޖުގެ މަތީގައި މީހުން ދިރިއުޅޭ ގޮތަށް ހަދާފައިވާ ތަނުގައި ރޯވެ އެތާނގައި ތިބި ގިނަ މީހުންނަށް ނިކުމެވޭ ގޮތް ނުވީކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. ފުލުހުން ދަނީ މިހާދިސާ އަދިވެސް ތަހުގީގު ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ