Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ބަޖެޓު ޑެފިސިޓް 8.8 ބިލިއަނަށް އަރައިފި

ދިވެހި ދައުލަތުގެ ބަޖެޓު ޑެފިސިޓް 8.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ފަރަގު މިހާ ބޮޑަށް އިތުރުވެފައިވަނީ ދައުލަތަށް ލިބުނު އާމްދަނީ މަދުވެ، ހަރަދު ވަރަށް ބޮޑަށް އިތުރު ވުމުންނެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހު 10 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 22,971.3 މިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި ދައުލަތުން 31,819.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެއާއެކު ބަޖެޓު ދަރަނި ވަނީ 8,847.8 މިލިއަން ރުފިޔާ، ނުވަތަ 8.8 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ތަފާސްހިސާބުގައިވާ ގޮތުން މި މަހު 10 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ %72 އަކީ ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެއީ 16,616.1 މިލިއަން ރުފިޔާ އެވެ.
އެ މުއްދަތުގައި ދައުލަތުގެ ހަރަދަށް ބަލާއިރު ބޮޑު ބަޔަކީ ހިންގުމުގެ ހަރަދެވެ.
އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސް އާއި މުސާރަ ފަދަ ރިކަރަންޓު ހަރަދުތަކަށް 23,395.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތައް ފަދަ ކެޕިޓަލް އެކްސްޕެންޑިޗާއަށް ހަރަދުކޮށްފައިވަނީ 8,423.7 މިލިއަން ރުފިޔާ އެވެ.
މި ލިއުމާއި ގުޅޭ