ފީފާ ވޯލްޑްކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރ މީޑިއާނެޓުން ނޮވެމްބަރ 18 ވާ ހުކުރު ދުވަހުގެ ހަވީރު 4 ކުން ރޭގަނޑު އަށް ހުޅުމާލެ ރުއްގަނޑު 2 ގައި "މީޑިއާނެޓް ވޯލްޑްކަޕް ކިކްއޮފް އިވެންޓް" ބާއްވަން ހަމަޖައްސައިފިއެވެ.
މި އިވެންޓުގައި މީޑިއާނެޓުން މިހާރު ވޯލްޑްކަޕްގެ ފޯރިއާގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނުގައި ބައިވެރި ވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން މި އިވެންޓުގައި މީޑިއާނެޓްގެ ކަނެކްޝަނެއް ބައްލަވައިގަންނަވާ ފަރާތްތަކަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު, މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި މީޑިއާނެޓްގެ ކޮންމެ ޚިދުމަތަކަށް ސަބްސްކްރައިބް ކުރަށްވައިގެން ކޮންމެ ހަފުތާއެކު ނަސީބުވެރި އެއް ފަރާތައް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖައްސާފައިއެވެ.
ހަމައެއާއެކު, މި އިވެންޓުގައި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށް ތަފާތު ހަރަކާތްތަކާއި ހަދިޔާ ދިނުމަށްވެސް ވަނީ ނިންމާފައިއެވެ. އަދި މީގެ އިތުރުން ރޭނގަޑު 8 ކުން ފެށިގެން ބޮޑުބެރުގެ ހަރަކާތްތަކެއްވެސް އޮންނާނެ ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ.
މީޑިއާނެޓުން އެދެނީ ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓުގައި ބައިވެރިވުމަށެވެ. އަދި މިހާރު ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެލެއްވުމަށެވެ.