Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

ޖޫރިމަނާކޮށްގެން 220 މިލިއަން ހޯދައިފި، އަންދާޒާކުރި ވަރަށްވުރެ 157 މިލިއަން އިތުރު

މި އަހަރުގެ މިހާތަނަށް ޖޫރިމަނާ ކޮށްގެން 220 މިލިއަން ރުފިޔާ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރު ފެށިގެން މި މަހު 10 އަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 220 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 191 މިލިއަން ރުފިޔާ އެވެ.
މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާ އެވެ. އެކަމަކު މިހާތަނަށް 220 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ އަންދާޒާ ކުރިވަރަށް ވުރެ 157.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރާ އަޅައި ބަލާއިރު 29 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވަނީ ޖޫރިމަނާކޮށްގެން އާމްދަނީ ހޯދުން ހުއްޓައިލައްވާނެ ކަމަށެވެ. އަދި ޕާކުކުރާނެ ތަނެއް ނުދައްކައި ޕާކިން ޖޫރިމަނާ ނުނަންގަވާނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ.

އެކަމަކު ޖޫރިމަނާގެ ގޮތުގައި އާންމުންގެ އަތުން ފައިސާ ނަގާ މިންވަރު އިތުރުވަމުން އަންނަ އިރު، މުސްއަނދި ވިޔަފާރިވެރިންގެ ރިސޯޓުތަކާއި ވިޔަފާރިތަކުން ދައްކަން ޖެހޭ ޖޫރިމަނާ ސަރުކާރުން ވަރަށް ގިނައިން މާފުކޮށްދެ އެވެ.

މި ލިއުމާއި ގުޅޭ