Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެނިސް

ފަސް ޤައުމެއްގެ ކުޅުންތެރިންނާއެކު މޯލްޑިވްސް ޓެނިސް ޗެލެންޖު ފަށައިފި

ފަސް ޤައުމެއްގެ ކުޅުންތެރިންނާއެކު، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރާ މޯލްޑިވްސް ޓެނިސް ޗެލެންޖު ފަށައިފިއެވެ.

މި ޗެލެންޖަކީ ރާއްޖޭގެ ޅަފުރައިގެ ޓެނިސް ކުޅުންތެރިންނަށް މި ސަރަހައްދުގެ ކުޅުންތެރިންނާ ވާދަކޮށް ތަޖުރިބާ ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކުރާ ޗެލެންޖެކެވެ.

ރޭ ބޭއްވި ހަފުލާއެއްގައި މި ޗެލެންޖު އިފުތިތާހުކޮށްދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފެވެ. މި ހަފުލާގައި ޓެނިސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އެ އެސޯސިއޭޝަނުން މިހާރު ހިންގާ މުބާރާތްތަކުގައި ބައިވެރިވާ ޅަ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ ބެލެނިވެރިން ބައިވެރިވިއެވެ.

މި ޗެލެންޖުގައި އަވައްޓެރި ސުރީލަންކާއާއި މެލޭޝިޔާއާއި ތައިލޭންޑުގެ ކުޅުންތެރިންގެ އިތުރަށް ބަހުރައިން އަދި އޮމާނުގެ ކުޅުންތެރިން ބައިވެރިވެއެވެ. މި ޗެލެންޖުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިން ރޭގެ ހަފުލާގައިވަނީ ކުޅިވަރުގެ ރޫހާއި އަޚުލާޤު ނެގެހެެއްޓުމުގެ ހުވައެއްކޮށްފައެވެ.

މި ޗެލެންޖު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މަހުލޫފު ވިދާޅުވީ މި ޗެލެންޖަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވާނެ މުބާރާތެއް ކަމަށެވެ.

އޭގެ އިތުރަށް މަހުލޫފު ފާހަގަކުރެއްވީ އޭނާ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޓެނިސް އެސޯސިއޭޝަނުން ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެގޮތުން މިހާރު ހުޅުމާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ޓެނިސް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ