Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އެމްއެމްއޭގެ އިންޒާރުތަކަށް ބެލުމެއް ނެތި ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ފާސްކޮށްފި

މުދަލާއި ހިދުމަތްތަކުން ނެގޭ ޓެކްސް އަދި ފަތުރުވެރިކަމުގެ ހިދުމަތްތަކުން ނެގޭ ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ އަކު ފާސްކޮށްފިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅީ ދެ އިސްލާހެކެވެ. އެއީ ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރަން އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އެ އިސްލާހު ފާސްކުރަން 55 މެމްބަރަކު ވޯޓު ދެއްވިއިރު އިސްލާހާ ދެކޮޅަށް 26 މެމްބަރުން ވޯޓު ދެއްވިއެވެ.

އިސްލާހު ފާސްކުރަން ވޯޓު ދެއްވީ ރައީސް ސޯލިހު ފެކްޝަންގެ މަޖިލީސް މެމްބަރުންނެވެ. އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މެމްބަރުންނާއި ރައީސް ނަޝީދު ފެކްޝަންގެ މެމްބަރުން ވޯޓު ދެއްވީ އިސްލާހާ ދެކޮޅަށެވެ.

މި ބިލް މަޖިލީހުން ފާސްކޮށްފައި މިވަނީ ޓެކްސް ބޮޑުކުރުމުން ކުރިމަތިވާނެ ގޮންޖެހުންތައް މަރުކަޒީ ބޭންކުން ހާމަކޮށްފައިވަނިކޮށެވެ. މިގޮތުން ޓެކްސް ބޮޑުކުރުމުން އަންނަ އަހަރު މުދަލާއި ހިދުމަތުގެ އަގު ވަރަށް ބޮޑަށް އުފުލޭނެކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޓެކްސް ބޮޑުކުރިއަސް ހަރަދު ކުޑަ ނުކުރާނަމަ ޓެކްސް ބޮޑުކުރުމުގެ ނަތީޖާ ނުފެންނާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް ވަނީ ޓެކްސް ބޮޑުކުރުމުން އޭގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމަށް ބުނެފައެވެ.

ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް އަންނަ އަހަރު ސަރުކާރުން ހުށަހަޅާފައިވާއިރު އެ ބަޖެޓު ހަރަދު ފޫބައްދަން ސަރުކާރުން ނިންމާފައިވަނީ ޓެކްސް ބޮޑުކުރުމަށެވެ.

މި ލިއުމާއި ގުޅޭ