Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

ޑިސެމްބަރު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ވަގުތީ ފްލައިޓެއް ގެނެސްފި

އަންނަ މަހު ލިބޭ ޗުއްޓީގައި ވައިގެ ދަތުރުތަކަށް ބާރު ބޮޑުވާނެތީ އެ މައްސަލައަށް ހައްލު ގެނައުމަށް މޯލްޑިވިއަން އެއާލައިނުން ވަގުތީ މަތިންދާބޯޓެއް ގެނެސްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ވެޓް ލީސް" ނުވަތަ ކުރު މުއްދަތަކަށް އެ ބޯޓު ގެނައުމުގެ މަގުސަދަކީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އަލަށް ގެނައި ވަގުތީ ބޯޓަކީ ދުނިޔޭގެ ބޮޑެތި ޑޮމެސްޓިކް އޮޕަރޭޝަންތަކުގައި ބޭނުންކުރާ މަގުބޫލު އޭޓީއާރު 72-500 މަރުކާގެ ބޯޓެކެވެ. އެ ބޯޓަކީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ "ސްވިފްޓް އެއާ" އިން އޮޕަރޭޓް ކުރަމުން އައި ބޯޓެކެވެ.

އައިލެންޑު އޭވިއޭޝަނުން ބުނީ ކަމުގެ މާހިރުންގެ ލަފަ އާއި އޭޓީއާރުން ލިބޭ އޮޕަރޭޝަނަލް ފަސޭހަތަކަށް ބެލުމަށް ފަހު، މޯލްޑިވިއަންގެ އޮޕަރޭޝަންގައި ބޭނުން ކުރަން އެންމެ ރަނގަޅު ބޯޓެއްކަމަށް ގަބޫލުކުރެވުނީ އޭޓީއާރު މަރުކާގެ ބޯޓުތައް ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި އާ ބޯޓުތައް ގަތުމަށް 60 މިލިއަން ޑޮލަރު ނުވަތަ 925 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

އެގޮތުން އެ ކުންފުނިން މި އަހަރުގެ ކުރީކޮޅު އޭޓީއާރު 42-600 މަރުކާގެ މަތިންދާބޯޓާއި 72-600 މަރުކާގެ ދެ މަތިންދާބޯޓަކަށް ވަނީ އޯޑާކޮށްފައެވެ. އެ ބޯޓުތައް މިދިޔަ މަސް ތެރޭގައި ގެނެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރި ނަމަވެސް އެ ބޯޓުތައް އަދި ރާއްޖެ ނުގެނެވެއެވެ.

މީގެއިތުރުން އަންނަ އަހަރުގެ ކުރީކޮޅު ވެސް މޯލްޑިވިއަން އަށް އޭޓީއާރުގެ އިތުރު ތިން ބޯޓު ހޯދުމަށް ވަނީ ހަމަޖެހިފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަން އެއާލައިނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ހުރިހާ ބޯޓުތަކެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އާ ކުރާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ