Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

މިސްޓިކް ސެލޫނުން ހެޔޮ އަގުތަކެއްގައި ނޮވެމްބަރަށް ހާއްސަ ޕްރޮމޯޝަނެއް!

ހަމައެކަނި އަންހެން ބޭފުޅުންނަށް ހިދުމަތް ދިނުމަށް ހާއްސަ މިސްޓިކް ސްޓައިލިން ސެލޫނުން ނޮވެމްބަރު މަހަށް ހައްސަކޮށްގެން ހެޔޮ އަގުތަކުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގެ ދަށުން ހެޔޮ އަގުގައި އިސްތަށިގަނޑު ސްޓައިލްކޮށްލުމަށް ހާއްސަ ތަފާތު ތިން ޕެކޭޖާއި، ތަފާތު އެކި ހަފްލާތަކަށް ހާއްސަ ހެއާ، މޭކަޕް އަދި ހިޖާބް ސްޓައިލިންގެ ޕެކޭޖްތައްވެސް ވެސް ހިމެނެ އެވެ.

އެންމެ ކުޑަ އަގެއްގެ ގޮތުން 500ރ. އިން ފެށިގެން 2500ރ. އާއި ދެމެދުގައި އަގުތަކެއްގައި ހެއާ ސްޓައިލިން ޕެކޭޖުތަކުގެ ހިދުމަތް ލިބޭއިރު، ހަފްލާތަކަށް ހާއްސަ ޕެކޭޖުތަކުގެ އަގުވެސް ހުރީ އަތްފޯރާ ފަށުގަ އެވެ. އެ ޕެކޭޖްތަކުގެ އަގުތައް އުޅެނީ 700ރ. އިން 1000ރ. އާ ދެމެދުގަ އެވެ.

އަންހެން ބޭފުޅުންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ މިސްޓިކް ސެލޫން އިން ތަފާތު އެކިއެކި ޕެކޭޖުތަކާއި ޕްރޮމޯޝަންތައް މީގެ ކުރިންވެސް ހޮޔޮއަގުގައި ތައާރަފުކޮށްފައިވެ އެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ތައާރަފުކުރި ޕްރީ ބްރައިޑަލް ޕެކޭޖާއި 500ރ. ގެ ވެކްސިން ޕެކޭޖަކީ ކަސްޓަމަރުންގެ ތަރުހީބު އެންމެ ބޮޑަށް ލިބޭ ދެ ޕެކޭޖުކަން އެފަރާތުން ފާހަގަކުރި އެވެ.
އެ ސެލޫންއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ތަފާތު އެކި ސްޓައިލްތަކަށް ބޯ ކޮށުމާއި، ހެއާ ރީބައުންޑިން ހެދުމާއި، ކެރަޓިން ޓްރީޓްމަންޓް ދިނުމާއި، ހެއާ ވެކސިން އަދި ތްރެޑިން ހެދުމުގެ އިތުރުން މޭކަޕް ކުރުމާއި އަދި ފޭޝަލް ހެއްދުން ހިމެނެ އެވެ.
މިސްޓިކް ސްޓައިލިން ސެލޫންގެ އެންމެ ބޮޑު އެއް މަގްސަދަކީ އެފަރާތުން ބުނި ގޮތުގައި އެކަށީގެންވާ ހެޔޮ އަގެއްގައި ރަނގަޅު ފެންވަރުގެ ހިދުމަތް އަންހެން ކަނބަލުންނަށް ފޯރުކޮށްދިނުމެވެ.

އެ ސެލޫން ހުންނާނީ މާލޭ، ޖަސްޓިސް ބިލްޑިން ކުރިމަތިން ފަރީދީ ގޯޅީގަ އެވެ. އެގޮތުން ސެލޫންގެ ނަންބަރު 7666130 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްލައިގެން ވެސް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.

މި ލިއުމާއި ގުޅޭ