Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުނގޫފާރު

އުނގޫފާރު ހަމަނުޖެހުން: އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި އިއްޔެ އުނގޫފާރުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި އެއަތޮޅު އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރި މެޗުގައި ދެރަށު ސަޕޯޓަރުންގެ މެދުގައި ޖެހުނު ހަމަނުޖެހުމާ ގުޅިގެން އަދިވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާއަށް ބުނީ އެ ހަމަނުޖެހުމުގައި ޖިސްމާނީ އަނިޔާ ލިބިގެން ފަރުވާދީފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖަކަށާއި 39 އަހަރުގެ އަންހެނަކަށް ކަމަށެވެ.

އޭގެ އިތުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ މީހުން ހިމެނޭހެން އިތުރު 14 މީހަކަށް ފަރުވާ ދީފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނިގޮތުގައި އެމީހުންނަށް ފަރުޥާދީފައިވަނީ ހަމަ ނުޖެހުމުގެ ސަބަބުން ބިރުގަތުމާއި ބޮލަށް އެނބުރުން އެރުން ފަދަ ކަންކަން ދިމާވެގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

އިއްޔެގެ މެޗާއި ގުޅިގެން ދެރަށުގެ ސަޕޯޓަރުންގެ މެދުގައި މި ހަމަނުޖެހުން ހިނގަން މެދުވެރިވެފައި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދެމުންގޮސް ކަމަށް މައުލޫމާތު ލިބެއެވެ.

އަދި މީގެ އިތުރުން މި ހަމަނުޖެހުމުގެ ތެރޭގައި އަނގަމަތީގައި ގާބުރިއަކުން ޖެހުނު ކުޑަ ކުއްޖަކަށް އެރަށު ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމެންޓުގައި ފަރުވާދެމުން އަންނަ އިރު، މި މާރާމާރީ އާ ގުޅިގެން އެތައް ކުޑަކުދިންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތަތަކުން ކިޔައިދީފައިވެއެވެ.
މި ލިއުމާއި ގުޅޭ