Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ފުރަތަމަ ފަހަރަށް 50 ރުފިޔާގެ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި

ފުރަތަމަ ފަހަރަށް ދިވެހި ރުފިޔާގެ 50 ރުފިޔާގެ ނޫޓުގެ ދެ ފަރާތުގައި ދިވެހި ރުފިޔާގެ ނިޝާނު ހިމަނައިގެން ނޫޓުތައް ޗާޕުކޮށް ގެނެސްފިއެވެ.

މި ނޫޓުތައް ޗާޕުކޮށްގެން އެމްއެމްއޭއަށް ގެނެސްފައިވަނީ އިއްޔެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ އަލަށް ޗާޕުކުރި ފަންސާސް ރުފިޔާގެ ނޫޓުތަކުގެ ދެފަރާތުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށެވެ.

އެގޮތުން އެ ނޫޓުތަކުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު، އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު ދިވެހި ރުފިޔާގެ ނިޝާން ފެންނަން ހުންނާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

މި ނޫޓތަކުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. އެ ނޫޓުގައި އޮންނާނެ މީލާދީ ތާރީޚަކީ 8 ސެޕްޓެންބަރު 2022 އަދި ހިޖުރީ ގޮތުން 12 ޞަފަރު 1444 ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

ނޫޓުތައް ޗާޕުކޮށްގެން އެމްއެމްއޭއަށް ގެނައި ނަމަވެސް އަދި މި ނޫޓުތައް އިޤުތިޞާދުގައި ދައުރުކުރުމަށް ނެރެފައިނުވެއެވެ. އެމްއެމްއޭއިން ބުނީ އިޤުތިޞާދުގައި ދައުރުކުރަން އެ ނޫޓުތައް ނެރޭނެ ތާރީޚެއް ފަހުން އެ ބޭންކުން ހާމަކުރާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ