Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަންނުވެރިން

މައިކްރޯސޮފްޓުގެ މުއައްސިސް ޕޯލް އެލެންގެ އާޓު ކަލެކްޝަން ނީލަންކިޔައިގެން 1.5 ބިލިއަން ޑޮލަރު

ޕޯލް ސެޒާން، ވިންސެންޓް ވޮން ގޯއާއި އެނޫންވެސް މަޝްހޫރު އެތައް ފަންނުވެރިންނެއްގެ އުފެއްދުންތައް ހިމެނޭ، މައިކްރޯސޮފްޓުގެ އެއް މުއައްސިސް ޕޯލް އެލެންގެ އާޓު ކަލެކްޝަނެއް ނީލަންކިޔައިގެން ޖުމްލަ 1.5 ބިލިއަން އެމެރިކާ ޑޮލަރު ލިބިއްޖެއެވެ. ނީލަންކީ ތަކެތީގެ ތެރޭގައި ކުރެހުންތަކާއި ބުދުތައް ހިމެނެއެވެ.

ނިއުޔޯކުގެ ނީލަން ގެއެއް ކަމުގައިވާ ކްރިސްޓީސްއިން ގެންދިޔަ މި ނީލަމަކީ އެއްފަހަރާ އެއް ނީލަމުގައި އެންމެ ބޮޑު އަދަދެއްގެ ފައިސާ ލިބުނު ނީލަންކަމަށް އެ ނީލަން ގެއިން ބުނެފައިވެއެވެ. މި ނީލަމުން ލިބުނު ފައިސާ އެލެންގެ އެދުމާ އެއްގޮތަށް ތަފާތު ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށާއި މުއައްސަސާތަކަށް ފޯރުކޮށްދެވޭނެކަމަށްވެސް ކްރިސްޓީސްއިން ބުންޏެވެ.

ވަކިވަކި އާޓިސްޓުންގެ އުފެއްދުންތަކަށް ކުރިން ދުވަހަކުވެސް ކިޔާފައިނުވާ އަދަދުތަކަށް މި ނީލަމުގައި އަގު ކިޔާފައިވެއެވެ. އަދި ކުރިން ކްރިސްޓީސްއިން އަންދާޒާކުރި އަގުތަކަށްވުރެ ބޮޑު އަގުގައި ގިނަ އުފެއްދުންތައް ވިކުނެވެ.

އެންމެ އަގުބޮޑުކޮށް ވިކުނު ކުރެހުންތަކުގެ ތެރޭގައި ޖޯޖެސް ސޯރާޓްގެ ލެސް ޕޮސިއަސެސް، އެންސެމްބްލެގެ ނަން ދީފައިވާ 1888 ވަނަ އަހަުގެ ކުރެހުން ހިމެނެއެވެ. އެކުރެހުމަށް އެކަނި 149.2 މިލިއަން ޑޮލަރު ލިބުނުއިރު މިއީ މިހާތަނަށް ސޯރާޓްސްގެ މަސައްކަތެއް ވިއްކުނު އެންމެ ބޮޑު އަގެވެ.

1880 ވަނަ އަހަރާއި 1890 ވަނަ އަހަރާ ދެމެދުގައި ސެޒާން ކުރެހި ލަ މޮންޓަގްނ ސެއިންޓެ ވިކްޓޮއިރެ ކުރެހުން 137.8 މިލިއަން އެމެރިކާ ޑޮލަރަށް ވިކުނުއިރު މިއީވެސް ރެކޯޑު އަގެކެވެ. އަދި ގުސްޓާވް ކްލިމްޓުގެ ކުރެހުމެއް ކަމުގައިވާ ބާޗް ފޮރެސްޓުވަނީ 104.6 މިލިއަން އެމެރިކާ ޑޮލަރަށް ވިކިފައެވެ.

ވެންގޯގެ ވާގާ އެވެކް ސައިޕްރެސްގެ ނަންދީފައިވާ ކުރެހުންވަނީ 117.2 މިލިއަން ޑޮލަރަށް ވިކިފައެވެ. ޕޯލް ގޯޖިންގެ މެޓާނައިޓް 2 ކުރެހުން ވަނީ 105.7 މިލިއަން ޑޮލަރަށް ނީލަމުގައި ވިކިފައިވެއެވެ.

ޕޯލް އެލެންގެ އާޓް ކަލެކްޝަނުގައި ހުރި އެހެން ބައެއް ފަންނީ އުފެއްދުންތައް ނީލަންކިޔުން އަންނަ ބުރާސްފަތިދުވަހު އޮންނާނެއެވެ.

މި ލިއުމާއި ގުޅޭ