Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ ފޭސް 2

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަތަރު ސްކޫލެއް އަޅަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަތަރު ސްކޫލް އެޅުމަށް ނިންމައިފިއެވެ.

އެ ސްކޫލުތައް އެޅުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު މިހާރު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅިން އަލަށް ހަތަރު ޕަބްލިކް ސްކޫލް އަޅަން ނިންމާފައިވަނީ ސަރުކާރުގެ ވަށާޖެހޭ ތައުލީމްގެ ސިޔާސަތުގެ ދަށުންނެވެ. އެޗްޑީސީން ބުނިގޮތުގައި މި ހަތަރު ސްކޫލް ހަދާނީ އާބާދުވެ ދިރިއުޅެން ހަދާ އިމާރާތްތަކާ ކައިރީގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ސުކޫލުތަކުގެ ތެރޭގައި ހިމެނެނީ 50،098.85 އަކަފޫޓު، 50،098.85 އަކަފޫޓު، 66،777.84 އަކަފޫޓު އަދި 70،710.53 އަކަފޫޓުގެ ޖާގައިގެ ސްކޫލެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަނީ އަހުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ ނަމުގައި ފުރަތަމަ ސްކޫލް ހުޅުވާފައެވެ.

މި ލިއުމާއި ގުޅޭ