Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ޝަރީފް

ސްޓެލްކޯގެ އެމްޑީ އަދި އިލެކްޝަންސްގެ ކުރީގެ ރައީސް އެމްޑީޕީއަށް ސޮއިކުރައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަދި މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވައިލެއްވިކަމުގެ ތުހުމަތު އިދިކޮޅުން އަމާޒުކޮށްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމުން ވަކިވެވަޑައިގެން ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ޝަރީފު އެމްޑީޕީއާ ގުޅިވަޑައިގަތީ ނިމުނު ހަފުތާގެ ބުރާސްފަތިދުވަހުއެވެ.

ޝަރީފަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ޕީއޭގެ ތެރެއިން ސިޔާސީ މަސައްކަތްޕުޅަށް ނިކުމެވަޑައިގެންނެވި ބޭފުޅަކަށްވާތީ އޭނާ އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމުން އެއިރު އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔެވެ. ނަމަވެސް ފަހުން އެމްޑީޕީންވަނީ އޭނާގެ ދިފާއުގައި މަސައްކަތްކޮށްފައެވެ.

ޝަރީފު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް ރަސްމީކޮށް އޭނާވެސް އަދި އެމްޑީޕީންވެސް އެކަން ހާމަކޮށްފައިނުވެއެވެ.

ޝަރީފުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބުކޮށްދެއްވަން ކުރައްވަންޖެހިވަޑައިގަންނަވާ ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ