Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ޝިޔާމް

ޝިޔާމްގެ ސުވާލެއް: މިއަދު ސަރުކާރަށް އެމްއެމްއޭ ގޯސްވަނީ ކީއްވެތޯ؟

މިއަދު ސަރުކާރަށް ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ ގޯސްވަނީ ކީއްވެތޯ އައްސަވާ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

2013 ވަނަ އަހަރަށް ކަނޑައަޅާ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ބަޖެޓާއި ގުޅިގެން އެމްއެމްއޭއިން ހުށަހަޅާފައިވާ ލަފާގެ ސަބަބުން ވަރަށް ކަންބޮޑުވާކަމަށާއި އެ ލަފާއިން އެނގެނީ ސަރުކާރުން އެމްއެމްއޭއިން ދޭ އެއްވެސް ރިކޮމެންޑޭޝަނެއް ނުވަތަ އެއްވެސް ލަފަޔަކަށް ބޯ ނުލަނބާކަން ކަމަށެވެ.

އެގޮތުން ޝިޔާމް ވަނީ ސަރުކާރުން ކުރާ ރަނގަޅު އެންމެ ކަމެއް ބުނުމަށާއި އެމްއެމްއޭ މިއަދު ސަރުކާރަށް ގޯސްވާ ސަބަބު ވެސް ބުނުމައް އެދިލައްވާފައެވެ.
އޭނާ ވިދާޅުވީ އެމްއެމްއޭއިން ކުރާ އެއްކަމެއްވެސް މިހާރު ސަރުކާރަކަށް ރަނގަޅު ނޫންކަމަށާއި އެހެންކަމުން ސަރުކާރަށް އެމްއެމްއޭ ގޯސް މިވާ ސަބަބު އެނގުން މުހިއްމުކަމަށެވެ.

މީގެއިތުރުން ޝިޔާމް ވަނީ ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވާ ދިވެހިރައްޔިތުން ސަލާމަތްވާން އޮތީ ދައުލަތުގެ ޚަރަދު ކިހާ ވަރަކަށް ހަރަދު ކުޑަކޮށްގެންތޯވެސް ސުވާލު ކުރައްވާފައެވެ.

ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަވަމުން އަލީ ހާޝިމް ވިދާޅުވީ ޓެކްސްތައް ބޮޑު ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި އެކަމަކު މިއީ އެކަން ކުރަންވީ ދަނޑިވަޅު ނޫންކަމަށެވެ.

ބަޖެޓު ކޮމިޓީގައި ވާހަކަ ދައްކަމުން އެމްޑީޕީގެ ރައީސް ޞާލިހު ފެކްޝަންގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ގަވަރުނަރަށް ފާޑުވިދާޅުވެފައެވެ. އަދި އެ ލަފާއަކީ ސިޔާސީ ލަފާއެއް ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޓެކްސް ޤާނޫނަށް ގެންނަ އިސްލާހަށް ވޯޓަށް އެހުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކުރެވިފައެވެ.
މި ލިއުމާއި ގުޅޭ