މުދަލު ޒަކާތުގެ ގޮތުގައި 76 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މީރާ އަށް ވަނީ 76.7 މިލިއަން ރުފިޔާ ބަލައިގަނެފައެވެ. މިިދޔަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 69.8 މިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރާއި އަޅާ ބަލާއިރު 6.9 މިލިއަން ރުފިޔާ އިތުރެވެ.
ދިވެހިރާއްޖޭގެ މުދަލު ޒަކާތުގެ ނިސާބަކީ 6878.20 ރުފިޔާއެވެ.
މުދަލުގެ ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށެވެ.