Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

މޭ ހައެއްގެ ހަމަލާގެ ފަހުން އައްޑޫން ހައްޔަރުކުރި ބައެއް މީހުން އަނެއްކާވެސް ހައްޔަރުކޮށްފި

ދިވެހި ފުލުހުންނާއި ޤައުމީ ދިފާއީ ބާރު ގުޅިގެން ހިންގަމުންދާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނުގައި، މީގެ ކުރިން މޭ ހައެއްގެ ހަމަލާއަށް ފަހުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން އައްޑޫން ހައްޔަރުކުރި ބައެއް މީހުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން ހިންގާ ޓެރަރިޒަމާ ދެކޮޅު ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ފާއިތުވި އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ބައެއް މީހުން ހިމެނެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހުގައި އައްޑޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލާފައިވަނީ ދައުވާކުރެވޭ މިންވަރަށް އެއިރު ހެކި ނެތުމުންނެވެ.

މިހާރު ފުލުހުންނާއި އެމްއެެންޑީއެފް ގުޅިގެން ހިންގާ ޚާއްޞަ އޮޕަރޭޝަނަކީ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްކަމުގައި ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. އަދި އައްޑޫއާއި މާލޭގައި ހިންގާ މި އޮޕަރޭޝަނުގެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޖެހިލުމެއް ނެތި މީހުން މަރަންކެރޭ ހަރުކަށި ފިކުރަށް ނިސްބަތްވާ 1،400 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ހަރަކާތްތެރިވަމުންދެއެވެ. އެ މީހުންގެ ހަރަކާތްތައް ކައިރިން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ