Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ހިތަދޫގައި ހުންނަ ރައީސް ނަޝީދުގެ އޮފީހުގައި އިންޑިއާ އައުޓް ޖަހައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގައި "އިންޑިއާ އައުޓް" ޖަހައިފި އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުގެ ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ އިންޑިއާ އައުޓް ތެރެއިން އެ އޮފީހުގެ ފާރުގެ އެކި ތަންތަނުގައި ބޮޑުއަކުރުން ކަޅުކުލައިން ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ އޮފީހުގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގެ ފާރުގައި ވެސް ވަނީ އިންޑިއާ އައުޓް ޖަހާފަ އެވެ.

މީގެކުރިން ވެސް މޭޔަރު ނިޒާރުގެ ކާރު އަދި ފެނަކަ ހިތަދޫ އޮފީހުގެ ފާރުގައި ވެސް އިންޑިއާ އައުޓް ސްޕްރޭކޮށްފައިވެ އެވެ.

ސަރުކާރުގެ އިސްވެރިއެއްގެ ގެއެއް ނުވަތަ އޮފީހެއްގައި އަނެއްކާވެސް އިންޑިއާ އައުޓް ސްޕްރޭކޮށްފައިވާއިރު، މީގެ ކުރިންވެސް ސިސްސިލާކޮށް ކޯލިޝަންގެ ލީޑަރުންނާއި އިންޑިއާގެ މަސްލަހަތު އޮންނަ އިމާރާތްތަކުގައި އިންޑިއާ އައުޓް ޖެހި އެވެ.
އެގޮތުން ސަރުކާރު ހިންގާ ކޯލިޝަނުގެ އެއް ބައިވެރިއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ގެކޮޅާއި ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ގެކޮޅުގެ ފާރުގައި މީގެ ކުރިން އިންޑިއާ އައުޓް ޖެހި އެވެ.

އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ފާރާއި ސަރުކާރުގެ ބައެއް ވަޒީރުންގެ ކާރުކޮޅުތަކަށް ވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފަ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅުން އިސްނަގައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރިޔާސީ ގަރާރެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވާފައިވާއިރު، އެފަދަ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުން ވަނީ ފިޔަވަޅު އަޅާފަ އެވެ.
މި ލިއުމާއި ގުޅޭ