Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އެމްއެމްއޭ އިން ގޮވާލައިފި

ބަޖެޓު ދަރަނި ފޫބައްދަން ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އިސްކަން ދިނުމަށް މަރުކަޒީ ބޭންކުން އެމްއެމްއޭ އިން ގޮވާލައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް އެމްއެމްއޭ އިން ހުށަހެޅި ފަންނީ ލަފާގައި ބުނެފައިވާގޮތުގައި ބަޖެޓު ޑެފިސިޓު ކުޑަކުރަން ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައި ވީނަމަވެސް ބޮޑުކުރާ ޓެކްސްއިން އެ މަޤްސަދު ހާސިލުނުވާނެއެވެ.

މީގެ އިތުރުން، މިދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި އިޤްތިސާދީ ހާލަތު ދަށްވެފައިވާ ދުވަސްވަރެއްކަމުން މި ދަނޑިވަޅުގައި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓެކްސް ރޭޓު އިތުރުކުރުމުގެ ބަދަލުގައި މިދަ ސިޔާސަތެއްގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކަށް ރިއާޔަތްކޮށް ހަރަދުކުޑަކުރުން މުހިންމުކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ސަރުކާރުން ވަނީ އަންނަ އަހަރު ޖީއެސްޓީ 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމަށް ހުށަހަޅާފައެވެ.

ޖީޢެސްޓީ ބޮޑުކުރުމުން ތަކެތީގެ އަގު އުފުލޭނެ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ. އަދި ޓީޖީޢެސްޓީ ބޮޑުކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ނުފޫޒުގަދަ ޖަމިއްޔާތަކުން ދަނީ ބުނަމުންނެވެ.

އެމްއެމްއޭ އިން ބަޖެޓާއި ގުޅޭގޮތުން ފޮނުވި ފަންނީ ލަފާ ބަޖެޓު ކޮމިޓީގެ މުގައްރިރު ނާޝިޒު މަޖިލީހުގެ މެމްބަރުންނާއި ހިއްސާ ނުކުރައްވައި ފޮރުވައިގެން އުޅެނިކޮށް އެ އެ ލަފާ އާންމު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

މި ލިއުމާއި ގުޅޭ