Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

އަންޒާކުރާ ވަރަށް ބޭރު ފައިނެންސިން ނުލިބިއްޖެނަމަ ދަރަނި %50 އިތުރުވާނެ: އެމްއެމްއޭ

އަންނަ އަހަރަށް ލަފާކުރާ ސަރުކާރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭރުގެ ފަރާތްތަކުން ލިބޭނެކަމަށް އަންދާޒާކޮށްފައިވާ މިންވަރަށް ބޭރު ފައިނޭންސިން ހަމަނުޖެހިއްޖެ ނަމަ ބަޖެޓު ޑެފިސިޓާއި ދަރަނި ބޮޑުތަނުން އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ބުނެފި އެވެ.

ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ 42 ބިލިއަންގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 8.459 މިލިއަން ރުފިޔާގަ އެވެ. އެކަމަކު މިހާރު ނިންމާފައިވާ ގޮތަށް، ޖީއެސްޓީ ބޮޑު ނުކޮށްފި ނަމަ ޑެފިސިޓް 14 ބިލިއަން ރުފިޔާ އަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އަންނަ އަހަރު ދައުލަތުގެ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެމްއެމްއޭއިން ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ދިން ލަފާގައި ފާހަގަކުރި ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ބޭރުގެ ފަރާތްތަކުން ހޯދުމަށް ހަމަޖެހިފައިވާ 6.4 ބިލިއަން ރުފިޔާއާއި ޑޮމެސްޓިކް މާކެޓުން ހޯދުމަށް ހަމަޖެހިފައިވާ 4.7 ބިލިއަން ރުފިޔާއިންނެވެ.

އެކަމަކު ފާއިތުވި ހަ އަހަރު (2022-2017) ގެ ޓްރެންޑުތަކަށް ބަލާއިރު ސަރުކާރުން ބަޖެޓަށް ލަފާކުރާވަރަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިން ހަމަޖެހިފައި ނުވާކަމަށް އެމްއެމްއޭއިން ބުންޏެވެ. އޭގެ ސަބަބުން ހަރަދުތައް ހަމަޖެއްސުމަށް ޑޮމެސްޓިކް މާކެޓަށް ބަރޯސާވާ ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެ އެވެ.
"މިގޮތުން ފާއިތުވި ހަ އަހަރުގެ ޓްރެންޑްތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފައިނޭންސިންއަށް ބޭރުގެ ފަރާތްތަކުން ހޯދޭނެ ކަމަށް ސަރުކާރުން އަންދާޒާކުރާ މިންވަރަށް ނުލިބުމުގެ ހިރާސް އޮތްކަމުގައި ފާހަގަ ކުރަމެވެ،" އެމްއެމްއޭގެ ލަފާގައި ބުންޏެވެ.
އެހެންވެ، ލަފާކުރާ މިންވަރަށްވުރެ އިތުރަށް ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދަން ޖެހުނަސް، ވިޔަފާރި ބޭންކުތަކުގެ ލިކުއިޑިޓީ ހުރި މިންވަރަށާއި މިވަގުތު ބޭންކުތަކުން ޓީބިލްގައި އިންވެސްޓްކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް، ޑޮމެސްޓިކް މާކެޓުން ފައިނޭންސް ހޯދުމަކީވެސް ދަތި ކަމެއް ކަމުގައި އެމްއެމްއޭއިން ފާހަގަކުރި އެވެ.
އެ އިދާރާއިން ބުނި ގޮތުގައި އޭގެ ސަބަބުން އަންނަ އަހަރަށް ދައުލަތުގެ ޑެފިސިޓް މިހާރު ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑުވެއްޖެކަމުގައިވާނަމަ، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ދައުލަތުގެ ދަރަނި ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އަންދާޒާކޮށްފައިވާ ގޮތަށް ފައިނޭންސް ހަމަނުޖެހިއްޖެނަމަ ދައުލަތުގެ އެތެރޭގެ ދަރަނި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ 59.4 ޕަސެންޓު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި ލިއުމާއި ގުޅޭ