Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ޝުޖާ

10 މީހުން ނިޔާވި އަލިފާނުގެ ހާދިސާގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގަންޖެހޭ: ޝުޖާއު

ރޭ މ. ނިރުފެހީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ދާދި ފަހުން އެމްޑީޕީއަށް އަލުން ގުޅުނު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) އާ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިންނެވެ.
އެމްޑީޕީއާ އަލުން ގުޅުމަށްފަހު އެމްޑީޕީގެ ހަރުގެއަށް ކުރި ޒިޔާރާތުގައި "މޫސަ އަށް މާޒީ ހަނދާންވެ ރޮވިއްޖެ ކަމަށް" ނޫހަކުން ލިޔެފައިވާ ހަބަރާ ގުޅިގެން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޫސަ އަކީ ފިލްމު ކުޅުނު މީހެއް ކަމަށާއި އަދިވެސް ފިލްމުކުޅުމަށް މޫސަ ޝައުގުވެރިކަން ހުރިކަމަށެވެ.

އެ ޓުވީޓަށް ރައްދެެއްވަމުން މޫސަ ވިދާޅުވީ ފިލްމުގެ ވާހަކަ ހުއްޓައި، މާލޭގައި ހިނގާ ހިތާމަވެރި ޙާދިސާތައް ހުއްޓުވޭނެ ގޮތެއް ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު، ޝުޖާމެންގެ ލީޑަޝިޕްގަ (މާލެ ސިޓީ ކައުންސިލުން) ވެސް ވޭތޯ ބަލަންޖެހޭ ކަމަށެވެ،
އެތަށް ބައެއްގެ ފުރާނަ ގެއްލިދާއިރު އަމަލުކުރަންޖެހޭ ޤަވާއިދުތަށްވެސް ތަންފީޒުކުރެވޭތޯ އުޅެންވީނޫންތޯ މޫސަ ސުވާލު ކުރެއްވި އެވެ.
އެކަމާ ގުޅިގެން ޝުޖާއު ވަނީ ލާމަރުކަޒީ ގާނޫނު އޮޅާލާފަ އިންޑަސްޓްރިއަލް ވިލެޖު ކައުންސިލްގެ ދަށުން ފޭރިގަތީ މި ސަރުކާރުންކަން ނޭނގޭތޯ މޫސައާ ސުވާލުކުރައްވާފަ އެވެ.
ޝުޖާއު ވިދާޅުވީ މާލެ ސިޓީގެ ކަމިކަލް ގުދަނެއްގައި ރޯވެ 2019 ގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މާގިނަ ދުވަހެއް ނުވަނީސް ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖު ފޭރި ނުގަތް ނަމަ ގުދަންތަކާއި ކެމިކަލް ގަރާޖުތައް އެތަނަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބަދަލުކުރީސް ކަމަށެވެ.

"ބަލަ މޫސާ މޫސަގެ މި ލާނެއް ސަރުކާރަށް މިކަން ކޮށްނުލެވުމުގެ ނަތީޖާއޭ ރޭގެ ހާދިސާއަކީ! ކޮބާތޯ އެޅި ކެމިކަލް ގުދަންތައް؟ މޫސާބުނަން މަގޭލައްވާ ހަޔާތްގޮވަން ނަހަދާ. މިކަމުގެ ޒިންމާ ނަގަންޖެހޭނީ ސީދާ މިސަރުކާރުން." ޝުޖާއު ވިދާޅުވި އެވެ.

ކޯރުކެނޑި މަގާއި އިސްކަންދަރު މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި ރޭ ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ހަތަރު ގަޑިއިރު ފަހުންނެވެ. އެ އިމާރާތުގެ ރޯވި ފަންގިފިލާތަކުގައި ދިރިއުޅެނީ ބިދޭސީންނެވެ. އެ ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާކަން އެމްއެންޑީއެފުން ކަށަވަރުކޮށްދެ އެވެ.

މިއީ ރާއްޖޭގައި އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވި އެވެ.
މި ލިއުމާއި ގުޅޭ