Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ޖީއެސްޓީ ބޮޑުކުރުން ބޮންޑެ ސިފަކުރެއްވީ "މޯޅިވެފައި އޮތް ގަސް ތަޅާލުމުގެ" ގޮތުގައި

އިގްތިސާދު މިހާރު އޮތް ހާލަތުގައި އޮއްވައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުން ރަނގަޅު ކަމެއް ނޫންކަމަށް މާފަންނު މެދު ދައިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ބޮންޑެ ވިދާޅުވީ ބޮޖެޓު ފޮތުގައި ކޮވިޑުގެ ސަބަބުން ދިމާވި އިގްތިސާދީ ހީނަރުކަމުން އަރައިގަންނަން ފެށުމާއި މިދިޔަ އަހަރާއި މިއަހަރުގެ ރާއްޖޭގެ އުފެއްދުންތެރިކަން ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އޮތްނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އިގްތިސާދީ ހާލަތު ރަނގަޅު ނަމަ ލޯނުތައް ނުދެއްކި، އާންމު ރައްޔިތުންގެ ގޯތިގެދޮރާއި އޮޑިދޯނި ފަހަރު ފަދަ ހަރު މުދާ ނީލަމަށްލާ ހިސާބަށް ނުދާނެ ކަމަށެވެ.
"ފުރަތަމަ ބަޖެޓުގައި މިއޮތީ ބާރު ދުވެއްޔެއްގަ ރާއްޖޭގެ އިގްތިސާދު ކުރިއަށްދާ ވާހަކަ. ފިނޭންސް މިނިސްޓަރު ޖެހޭ ގަބޫލުކުރަން ދިވެހިރާއްޖޭގެ އިގްތިސާދު ބާރަކަށް ކުރިއަށް އަރައިގެން ނުދޭ،" ބޮންޑެ ވިދާޅުވި އެވެ.

އެފަދަ ހާލަތެއްގައި އިގްތިސާދު އިތް އިރު ބަޖެޓު ހުށަހަޅަމުން ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއަރާ ކަމަށް ފާހަގަކޮށްފައި އޮތް ނަމަވެސް ބޮންޑެ ވިދާޅުވީ ކުދި ވިޔަފާރިތަކުގެ އިތުރުން ރިސޯޓުތައްވެސް އޮތީ "ހާލުގައި" ކަމަށެވެ. އެކަމަކު ވެސް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ޖީއެސްޓީ ބޮޑުކޮށްގެން ނޫނީ ފޫބެއްދެން ނެތްކަން ވެސް ބޮންޑެ ފާހަގަކުރެއްވި އެވެ.

އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. އެގޮތުން ޓެކްސް ބޮޑުކޮށްގެން 3.6 މިލިއަން ރުފިޔާ ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި އޮތީ ހިމަނާފަ އެވެ.
"ކޮވިޑު ހާލަތުގައި ހަނަފަސްވެ، އަނަރޫފަވެ، ގަސްތައް މިލައި މޯޅިވެފައި އޮތްވައި ގަސް ތަޅާލައިގެން ލިބޭނެ އެއްޗެއް ނޯންނާނެ. މި ޖީއެސްޓީ ދައްކަން ތިބީ ރައްޔިތުން،" އިގްތިސާދު ގޯސްވެ ތަކެތީގެ އަގު އުފުލިފައި ވަނިކޮށް އަނެއްކާވެސް ގޭބީސީތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް މިސާލު ޖައްސަވަމުން ބޮންޑެ ވިދާޅުވި އެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރަށް ލަފާކުރާ 42 ބިލިއަންގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 8.459 މިލިއަން ރުފިޔާގަ އެވެ. އެކަމަކު ސަރުކާރުން މިހާރު ނިންމާފައިވާ ގޮތަށް، ޖީއެސްޓީ ބޮޑު ނުކޮށްފި ނަމަ ނުވަތަ ލަފާ ކުރި ޓެކްސް އާމްދަނީ ނުލިބިއްޖެ ނަމަ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް 14 ބިލިއަން ރުފިޔާ އަށް އެރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ