Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

ރީކޯ މޫސާ މޯލްޑިވިއަންއަށް ނުދައްކާ ހުރި ފައިސާގެ އަދަދު 1 މިލިއަން ޑޮލަރަށް އަރައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކުގެ ރަހާ ރިސޯޓުން ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ނުދައްކާ ހުރި ފަައިސާގެ އަދަދު 1 މިލިއަން ޑޮލަރަށް (30 މިލިއަން ރުފިޔާ) އަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މި ފައިސާ އަކީ ރަހާ ރިސޯޓުން ފަހުން ފައިސާ ދައްކާގޮތަށް ޓިކެޓު ނެގުމަށްފަހު ނުދައްކާ ހުރި ފައިސާއެވެ. މިއަހަރުގެ މޭއި މަހާއި ހިސާބަށް 5 ލައްކަ ޑޮލަރު ނުދައްކައި ހުރިއިރު އެ ފައިސާ ނުދެއްކި ނަމަވެސް މޯލްޑިވިއަން އިން ދަނީ ރަހާ ރިސޯޓަށް ޓިކެޓު ދޫކުރަމުންނެވެ. މީގެ ކުރިން މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރަހާ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ހޯދަން ގިނަ މަސައްކަތް ކުރި ނަމަވެސް އެ ފައިސާ ލިބޭގޮތް ނުވާކަމަށެވެ.

އޭރު ފައިސާ ނުދައްކާތީ މޯލްޑިވިއަންއަށް ކޮމެންޓެއް ހޯދަން "ދިޔަރެސް" ގެ ފަރާތުން ގުޅިކަން އެނގިގެން، މޫސާ މަނިކުވަނީ "ދިޔަރެސް" އަށް ގުޅާ އިންޒާރު ދީފައެވެ.

މިގޮތުން އެ ބޭފުޅާއަކީ ވަރަށް ދޫފަރިތަ ބޭފުޅެއް ކަމަށާއި މީހަކާއި ޖައްސާލައިފިނަމަ އެ މީހެއްގެ ދުވަސްދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ބޭފުޅާ ރައީސް މައުމޫން އަދި ރައީސް ނަޝީދާއި ޖައްސާލުމުން އެ ބޭފުޅުންނަށް ވެގެން ދިޔަ ގޮތް ފެނޭ ނޫން ހެއްޔޭ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ 11 މިލިއަން ޑޮލަރުގެ ލޯނެއްވެސް މޫސާ މަނިކު ގަވާއިދުން ނުދައްކާކަން ވަނީ ހާމަވެފައެވެ. މީގެ އިތުރުން މީރާއަށްވެސް މޫސަގެ ރަހާ ރިސޯޓުން ފައިސާ ދައްކަން ޖެހެއެވެ.

ދައުލަތުގެ އެކި އިދާރާތަކަށް މޫސާގެ ވިޔަފާރިތަކުން ފައިސާ ދައްކަން ޖެހިފައިވާ ދަނޑިވަޅެއްގައި އޭނާ ވަނީ ވެރިކަން ކުރާ އެމްޑީޕީއާއި ގުޅިފައެވެ. އިއްޔެ މުލިޔާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހުގެ ކުރިފުޅުމަތީގައި މޫސަ އެމްޑީޕީއާއި ގުޅުނުއިރު މިއީ މި ފައިސާ ނުދައްކާ ހުރެވޭނެ މަގެއް ފަހިކުރަން ކުރި ކަމެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

މި ލިއުމާއި ގުޅޭ