Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

އައްޑޫގައި ރޭސިން ޓްރެކެއް އަޅާދޭނަން: ރައީސް ޔާމީން

އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް އަޅާދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ ޕީޕީއެމް ޖަގަހައިގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އައްޑޫ ސިޓީގެ އެކިއެކި ޒުވާނުން މިއަދު އެމަނިކުފާނާއި ބައްދަލުކުރެއްވި ކަމަށެވެ. އަދި އޭގެތެރެއިން ޒުވާނުންގެ ގުރޫޕަކުން ވަނީ އައްޑޫ ސިޓީގައި ރޭސިން ޓްރެކެއް އަޅާ ދިނުމަށް އެދިފައި ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމަށް ވަޑައިގަނެވިއްޖެނަމަ އެކަންކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެހެން ނަމަވެސް އެ ރޭސިން ޓްރެކް އަޅަން ޒުވާނުން ބޭނުންވަނީ މިހާރު އައްޑޫގައި އިންޑިއާ އިން އަޅާފައިވާ ޕޮލިސް ޓްރެއިނިން ސެންޓަރު ހުރިތަނުގައި ކަމަށާއި އެހެންކަމުން ފުރަތަމަ އެ ސެންޓަރު އެތަނުން ނެގުމަކީ އައްޑޫ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މިއަދު އައްޑޫ ސިޓީގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ބައްދަލުކޮށް އެ ޒުވާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި މަޝްވަރާތައް ކުރައްވާފައެވެ.

އައްޑޫ ސިޓީގައި ސައިކަލު އަދި ކާރު ރޭސް ޖެހުމަށް ލޯބިކުރާ ޒުވާނުން ވަރަށް ގިނައެވެ. އަދި އެކަން ކުރުމަށް ހާއްސަ ކްލަބެއްވެސް ދާދިފަހުން ވަނީ ހަދާފައެވެ.

މި ލިއުމާއި ގުޅޭ