Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އިންޑިއާ ނޫހަކުން ގޮވާލައިފި

ރާއްޖޭގައި ތަފާތު ދީންތަކުގެ އަޅުކަންކުރުމުގެ މިނިވަންކަން ދިނުމަށް އިންޑިއާގެ ނޫހެއް ކަމުގައިވާ މަންގަލޯރިއަނުން ގޮވާލައިފިއެވެ.

މަންގަލޯރިއަން ނޫހުގައި މިފަދައިން ރާއްޖޭގައި ތަފާތު ދީންތަކުގެ އަޅުކަންކުރުމުގެ މިނިވަންކަން ދިނުމަށް ގޮވައިލީ އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢު ފެށުމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ އެފްކޯންސްގެ މުވައްޒަފުން ހިންދޫ ދީނުގެ އަޅުކަމެއް ކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވުމާ ގުޅިގެންނެވެ.

އެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހެޅިކަމަށާއި، އަދި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު އެފްކޮންސްގެ މުވައްޒަފުން ހިންގި އަމަލަކީ އިސްލާމްދީނާ ޚިލާފު އަދި ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފު ކަމެއް ކަމުގައި ވިދާޅުވެ ކުށްވެރިކުރެއްވިކަމަށް އެ ނޫހުން ރިޕޯޓުކުރިއެވެ.

އެ ނޫހުން ލިޔެފައިވަނީ ދިވެހިރާއްޖެއަކީ ދީނުގެ ކަންކަން ތަންފީޒުކުރުމުގައި ރާއްޖެއިން އަބަދުވެސް ޚަލީޖު ޤައުމުތަކަށް ތަބާވާ ކަމަށެވެ. ނަމަވެސް ޚަލީޖުގެ ބައެއް ޤައުމުތަކުގައި އެހެން ދީންތަކަށް މިނިވަންކަން ދޭން ފެށި ނަމަވެސް އެކަމުގެ އަސަރެއް ރާއްޖެއަށް ނުކުރާ ކަމުގައިވެސް އެ ނޫހުން ބުނެފައިވެއެވެ.

އެގޮތުން އެކުވެރި ޢަރަބި އިމާރާތުން އެ ޤައުމުގެ ހަފުތާ ބަންދުތައް ހުކުރު ހޮނިހިރުގެ ބަދަލުގައި ހޮނިހިރު އާދީއްތައަށް ބަދަލުކޮށްފައިވާކަމަށާއި، ބަހުރެއިނާއި އޮމާން އަދި އެމިރޭޓްސްގެ ބައިނަލްއަޤުވާމީ އިޤުތިޞާދާ ފައިހަމަކުރުމުގެ ގޮތުން ދީނުގެ އަސަރު ކުޑަކުރަމުން އަންނަ ކަމަށް އެ ނޫހުގެ ލިޔުމުގައި ފާހަގަކުރިއެވެ.

އެހެންނަމަވެސް އެފަދަ އެއްވެސް ބަދަލެއްގެ އަސަރެއް ރާއްޖެއިން ނުފެންނަކަން ފާހަގަކޮށް އެ ނޫހުން ބުނީ ރާއްޖެ ދަނީ ހަރުކަށިކަމާއި ހައްދުފަހަނައެޅުމާ ދިމާލަށް ކަމަށެވެ. އެގޮތުން ބިލެއްދޫގައި ހިންދޫ ދީނުގެ އަޅުކެއް ކުރި އިންޑިއާ ބަޔަކާމެދު ތަހުގީގެއް ހިންގާފައިވާކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކުރިއެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އެ މީހުންގެ ދީނުގެ އަޅުކަން ފާޅުކަން ބޮޑުކޮށް ކުރަމުން އަންނަ މައްސަލަ ފެންމަތިވެފައިވެއެވެ.

މި ލިއުމާއި ގުޅޭ