Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެނިސް

މޯލްޑިވްސް ޓެނިސް ޗެލެންޖްގެ ނަމުގައި އިންޓަނޭޝަނަލް މުބާރާތެއް ރާއްޖޭގައި ބާއްވަނީ

މޯލްޑިވްސް ޓެނިސް ޗެލެންޖް2022 ގެ ނަމުގައި އިންޓަނޭޝަނަލް ޓެނިސް މުބާރާތެއް މިމަހުގެ 15 އިން 21ގެ ނިޔަލަށް ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޓެނިސް އެސޯސިއޭޝަނުން ބުނެފިއެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ފަސް ގައުމު ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ބަހްރެއިން، އޮމާން، ސްރީ ލަންކާ، މެލޭޝިއާ އަދި ތައިލެންޑެވެ.

މި މުބާރާތުގައި 12 އަހަރާއި 14 އަހަރު އަދި ޖޫނިއާ އޯޕަން އަންހެން އަދި ފިރިހެން ކުދިންނަށް ބައިވެރިވެވޭ ގޮތަށް ވަނީ ހުޅުވާލައިފައެވެ.

ހަ ގައުމަކުން 50 ކުޅުންތެރިން ވާދަ ކުރާ މި މުބާރާތުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި މި ކުޅިވަރު ފުޅާކޮށް ކުރިއެރުވުމާއި، އަދި ރާއްޖޭގެ ކުޅުންތެރިންނަށް ދުނިޔޭގެ ފެންވަރުގެ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

މި މުބާރާތުގެ ލައިންޖަޖަކަށް ވުމުގެ ފުރުސަތު ޓެނިސް އެސޯސިއޭޝަނުން ވަނީ މިހާރު ހުޅުވާލައިފައެވެ.

ލައިން ޖަޖުންނަށް ވާން ބޭނުންވާ ފަރާތްތަކުން އެ އެސޯސިއޭޝަންގެ ނަންބަރު 7937018 އަށް އެމީހެއްގެ ނަމާއި އުމުރު އަދި ގުޅޭނެ ފޯނު ނަންބަރެއް ފޮނޮވައި ދިނުމަށް ވަނީ އެދިފައެވެ.

ޓްރެއިން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު 10:00 އިން 14:00 އަށެވެ. މި މުބާރާތުނުން ދުވާލަކަށް ގާތް ގަނަޑަކަށް 500 ރުފިޔާ ދޭން ނިންމާފައިވާއިރު، މެޗަކަށް 50 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފައެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޓެނިސް މުބާރާތް ކަން ފާހަގަ ކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ