Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެނިސް

ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ޓެނިސް މުބާރާތުގެ ލައިންޖަޖަކަށް ވުމަށް ފުރުސަތު ހުޅުވާލައިފި

މި މަހު 15 އިން 22 އަށް ރާއްޖޭގައި ބާއްވާ މޯލްޑިވްސް ޓެނިސް ޗެލެންޖް، އިންޓަނޭޝަނަލް ޓެނިސް މުބާރާތުގެ ލައިންޖަޖަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓެނިސް އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓްރެއިން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު 10:00 އިން 14:00 އަށް ކަމަށެވެ.

ދުވާލަކަށް ގާތް ގަނަޑަކަށް 500 ރުފިޔާ ދޭން ނިންމާފައިވާއިރު، މެޗަކަށް 50 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފައެވެ.

ޓެނިސް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ލައިން ޖަޖްކަން ކުރަން ބޭނުންވާ ފަރާތްތަކުން އެ އެސޯސިއޭޝަންގެ ނަންބަރު 7937018 އަށް އެމީހެއްގެ ނަމާއި އުމުރު އަދި ގުޅޭނެ ފޯނު ނަންބަރެއް ފޮނޮވައި ދިނުމަށެވެ.

މި މުބާރާތުގައި 12 އަހަރާއި 14 އަހަރު އަދި ޖޫނިއާ އޯޕަން އަންހެން އަދި ފިރިހެން ކުދިންނަށް ހުޅުވާލާގައިވާއިރު، މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަ ކުރަނީ ބަހްރެއިން، އޮމާން، ސްރީ ލަންކާ، މެލޭޝިއާ އަދި ތައިލެން ވާދަ ކުރެއެވެ.

މި ލިއުމާއި ގުޅޭ