Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ކޮޕް ސަމިޓުގައި ރައީސް ނަޝީދު ލަންކާ ތަމްސީލު ކުރައްވާތީ ޑރ.މުނައްވަރުގެ ފާޑުވިދާޅުވުން

މިސްރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތިމާވެއްޓާއި ބެހޭ ސަމިޓު ކޮޕް 27 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީ ލަންކާ ތަމްސީލު ކުރައްވާތީ ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ.މުހައްމަދު މުނައްވަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވަނީ ސްރީ ލަންކާގެ ޑެލިގޭޝަންގައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ.މުނައްވަރު ވަނީ މަޖިލީހުގެ ރައީސް ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ޤައުމެއްގެ ވަފުދުގައި އެ ޤައުމު ތަމްސީލު ކުރަން ވަޑައިގެންނެވިއިރު ދިވެހި ދައުލަތަށް ވަފާތެރި ވުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ޑރ.މުނައްވަރު ގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫޜުވެސް ވަނީ ހަމަ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ނަޝީދަކީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންގްހްގެ ތިމާވެއްޓާއި ގުޅޭ ހާއްސަ މުޝީޜެވެ. އަދި ލަންކާ ވަފުދުގައި އެމަނިކުފާނު ކޮޕް ސަމިޓަށް ވަޑައިގެން ވަކާލާތު ކުރައްވާނީ ލަންކާގެ މަސްލަހަތުތައް ހިމާޔަތް ކުރެއްވުމަށެވެ.

މި ލިއުމާއި ގުޅޭ