Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮރޯނާ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ކެބިނެޓުން މަޝްވަރާކޮށްފި

ކޮރޯނާ ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ކެބިނެޓުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ ރޭ ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި ތިބި ދެމީހަކު ޕޮޒިޓިވް ވުމާ ގުޅިގެން މުލިޔާގޭގައި ބޭއްވި ކުއްލި ކެބިނެޓު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މިހާރުން މިހާރަށް ސަރުކާރުން މިކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ، އިތުރަށް ފެތުރުނަ ނުދިނުމަށްޓަކާ ކުރަންޖެހޭ މުހިންމު ކަންކަމާ ބެހޭގޮތުން ވަޒީޜުން މަޝްވަރާކޮށްފައިވެއެވެ.
މި ކެބިނެޓު ބައްދަލުވުމުގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމުގައި ވިދާޅުވިއެވެ އަދި މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތު ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް މިދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތްކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރޭގެ ކެބިނެޓު ބައްދަލުވުމުގައި ވަޒީރުން ވަނީ، ގިނަ އަދަދަކަށް މީހުން ބައިވެރިކޮށްގެން ބާއްވާ އެއްވުންތައް މަދުކޮށް، ހަރަދު ކުޑަކުރަން މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށްފައެވެ. އަދި އިޤްތިޞާދީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެއްވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވުދާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު ރައްޔިތުންނަށް ދަތިނުވެ، ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާތީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް ވަޒީރުން ވާހަކަފުޅު ދެއްކެވިއެވެ.
މި ލިއުމާއި ގުޅޭ