Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުމަރު ނަސީރު

ސްކޫލު ނިންމައި ނުކުންނަ ކޮންމެ ކުއްޖަކަށް ހަތިޔާރު އުފުލަން އެނގެންޖެހޭ: އުމަރު

ރާއްޖެއަށް ނެޝަނަލް ސާވިސް ތައާރަފުކޮށް. ސްކޫލު ނިންމައި ނުކުންނަ ކޮންމެ ކުއްޖަކީ ހަތިޔާރު އުފުލަން އެނގޭ ކުއްޖަކަށް ވާންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހާ ގުޅުވައި، "ކުރި ޖިހާދު- ކުރަން އޮތް ޖިހާދު" ގެ ނަމުގައި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ރޭ ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ މިނިވަންކަން ނަގާލުމަށް ދެވޭ ހަމަލާއެއް ރާއްޖެއަށް ދެންވެސް އަމާޒުވެއްޖެނަމަ ގައުމު ސަލާމަތްކުރެވޭނެ ފަދަ ޖީލެއް އުފެދިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެކަން ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ސްކޫލުތަކުގެ ސިލަބަހުގެ ތެރެއަށް ގައުމިއްޔަތު އިތުރަށް ވައްދަންޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ އުމަރު ވިދާޅުވި ގޮތުގައި ހަނގުރާމަތަކުގައި ރާއްޖޭގެ އެކި ބަތަލުން ދެއްކި ހިތްވަރާއި އެމީހުންގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
އެއާއެކު ގާނޫނަކުން ރާއްޖެއަށް ނެޝަނަލް ސާވިސް ތައާރަފު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަށާއި ސްކޫލު ނިންމައި ނުކުންނަ ކޮންމެ ކުއްޖަކީ ހަތިޔާރު އުފުލަން އެނގޭ ކުއްޖަކަށް ވާންޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ.
".. އަޅުގަނޑުމެން އެބަޖެހޭ ރާއްޖެއަށް ނެޝަނަލް ސާވިސް ތައާރަފުކުރަން. ސްކޫލު ނިންމާފައި ނުކުންނަ ކޮންމެ ކުއްޖަކީ ހަތިޔާރު އުފުލަން ދަންނަ ކުއްޖަކަށް ވާންޖެހޭ. ސިންގަޕޫރުގައި ވެސް އެކަން އޮންނަނީ އެހެން، ސައުތު ކޮރެއާގައި ވެސް އެކަން އޮންނަނީ އެހެން. ޔޫރަޕްގައި ވެސް ކުރި ގައުމުތަކުގައި މިކަން އޮންނަނީ މިހެން އޮންނަނީ" އުމަރު ވިދާޅުވި އެވެ.
"އެހެންވީމަ ދިވެހި ރާއްޖޭގައި ވެސް އެބަޖެހޭ، ދިވެހިންގެ ތެރެއިން ސްކޫލު ނިންމާފައި ނުކުންނަ ކޮންމެ ކުއްޖަކީ ހަތިޔާރު އުފުލަން ދަންނަ ހަނގުރާމަކުރަން ދަންނަ ކުއްޖަކަށް ވާންޖެހޭ. ގާނޫނަކުން ނެޝަލް ސާވިސް ދިވެހިރާއްޖެއަށް ތައާފަރުކުރަން ޖެހޭ."
އޭނާ ވިދާޅުވި ގޮތުގައި ނެޝަނަލް ސާވިސް ތައާރަފު ކުރުމުގެ ނަތީޖާއެއްގެ ގޮތުން މީގެ 10 ނުވަތަ 15 އަހަރު ފަހުން އެއްލައްކަ ދިވެހިންނަކީ ހަތިޔާރު އުފުލަން ދަންނަ ބަޔަކަށް ވާނެ އެވެ. އެއީ ބަޔަކާ ހަނގުރާމަ ކުރަން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ދިފާއު ވަރުގަދަކުރުމަށް ކުރާ ކަމެއް ކަމަށް އުމަރު ވިދާޅުވި އެވެ.
".. އެއްލައްކަ ދިވެހިންނަކީ ހަތިޔާރު އުފުލަން ދަންނަ ބަޔަކަށް ވެއްޖިއްޔާ. ރާއްޖެއަށް ހަމަލާއެއް ދޭން ރާވާ މީހުން ދެވަނަ ފަހަރަށް ވިސްނާނެ. އެމީހުންނަށް އެނގޭނެ ރާއްޖެއަށް ހަމަލާއެއް ދީފިއްޔާ އެއްލައްކަ މީހުން ތިބޭނެކަން ހަތިޔާރު އުފުލަން ދަންނަ، އެހެންވީމަ މިމީހުން ނުކުމެ ރައްދަ ދޭނެކަން،" އުމަރު ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ