Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޮވެންބަރު 3

ނަޞްރުގެ ދުވަހުު ޤައުމީ ޓީވީން ފޮނުވި ރިޕޯޓު ޔަހޫދީން ލިޔުނު ތައުރާތު ފަދައެވެ.

1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ކަތިލާލި 19 ދިވެހީންގެ ލޭ މި ބިމަށް އޮހޮރާލި މަންޒަރު މި ދިވެހީންގެ ލޮލުގެ ކުރިމަތީ މި ވަގުތު ވެސް ސޫރަވެއެވެ. އެ މީހުން މަރާން ޚަރަދުކުރި މީހުން ތިޔަ ތިބީ އަދި ދުނިޔޭގައެވެ. އެ މީހުން މަރުވުން ޔަތީމުވި ދަރީންނާއި ހުވަފަތްވި އަނބިންނާއި އެކަނިވެރިވި މައިން ބަފައިން ވެސް އަދި ބަލިޙާލުގައި ނަމަވެސް އެ ތިބީ ދުނިޔޭގައެވެ. އެހެންކަމުން އެ ޙަޤީޤަތަކީ މެންދުރުގެ އިރު ފަދައިން ފެންނާން އޮތް، ގުގުރީގެ އަޑު ފަދައިން އިޙްސާސްވާ ޙަޤީޤަތެކެވެ. އެދުވަހު ކަރުނައެޅި ލޯތައް، ފުނޑުފުނޑުވި ހިތްތައް އަދިވެސް ވަނީ އޭގެ ޒަޚަމް ފަސޭހަ ނުވެއެވެ. ނަމަވެސް މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޓީން ފޮނުވި ރިޕޯޓު އޮތީ ކިހިނެއް ހެއްޔެވެ؟

3 ނޮވެންބަރުގެ ހާދިސާ ފަދައިން ދިވެހީން ހަނދާން ހުންނާނެ އަނެއް ޙަޤީޤަތަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ދެއްކި ވާހަކަތަކުގެ ތެރޭން [ދެފުށްފެންނަ ނޫސްވެރިކަމެވެ.] މި ވާހަކަދެއްކި ޚާންދާނު މި އަދު އެ އޮތީ ދިވެހި ވެރިކަމުގައެވެ. 19 ދިވެހީން އެ ކަންޏެއް ނޫނެވެ. އެތައް ދިވެހީންނެއްގެ ލެއި އެ މީހުންގެ ފަސްބައިން ތިކިޖަހަމުން ދާތަން ދިވެހި ތާރީޚުން ރީތިކޮށް ދައްކައެވެ.

މުޙަންމަދު އަމީނު އަވަހާރަކޮށްލަން ރައީސް ނަޝީދުގެ ކާފަ މަސައްކަތް ކުރިކަމެވެ. އިބްރާހީމް ނާޞިރު އަވަހާރަކޮށްލަން ރައީސް ނަޝީދުގެ ބައްޕަ ކެރަފާ ސައްތާރާއި މެޑަމް ފަޒުނާގެ ބައްޕަ ސިއްކަ އިސްމާޢީލު މަނިކާ ގުޅިގެން ހަމަ ޢަބްދުﷲ ލުޠުފީ ލައްވައި ހިންގި ޓެރަރިސްޓު އަމަލެވެ. ވަގަށް ފިސްތޯލައެއް އެތެރެކޮށްގެން ރައީސް ނާޞިރު އަވަހާރަކޮށްލަން ހިންގި ޖަރީމާ އެ ދެމީހުންގެ މައްޗަށް ސާބިތުވެ ދެ މުޖުރިމުން ކަމުގައި ކަނޑައެޅުމެވެ. 1980ވަނަ އަހަރު ބޭރުގެ ކުލީ ސިފައިން ގެނެސްގެން އޭރުގެ ރައީސް މައުމޫނު އަވަހާރަކޮށްލަން، މިހާރު ހެލްތު މިނިސްޓަރުކަމުގައި އެހެރަ ކެރަފާ ނަސީމު ހިންގި ޖަރީމާ އޭނާގެ މައްޗަށް ސާބިތުވުމެވެ. އޭގެ އަދަބާއި އެ ފަހުން މާފު އޭނާއަށް ލިބުމެވެ. ދެން އޭގެ ފަހުން 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އަނެއްކާ ވެސް ޢަބްދުﷲ ލުޠުފީ ލައްވައި ރާއްޖޭގެ އޭރުގެ ރައީސް އަވަހާރަކޮށްލަން ހަމަ މި ވެރީން ހިންގި ޓެރަރިސްޓު ހަމަލާއެވެ. އެ ކަން ރާވައި ހިންގުމުގައި މެޑަމް ފަޒުނާގެ ބައްޕަ ސިއްކަ އަދާކުރި ދައުރެވެ. އަދި އެ ނޫން ވެސް ބައެއް ޣައްދާރުންނެވެ. އެއީ ކުށެއް ނެތް 19 ދިވެހީންގެ ލޭ މި ދިވެހި ފަސްގަނޑަށް އޮހޮރާލި ރަޙްމުކުޑަ އަނިޔާވެރި ޤަތުލު އާންމެކެވެ.

އެނގޭތަ

  • ރާއްޖޭގައި އުމުރަށް ޖަލަށްލާން ދެ ފަހަރަށް ޙުކުމްކޮށް ޖަލަށް ލެވުނު ހަމައެކަނި މީހަކީ ޢަބްދުﷲ ލުޠުފީ
  • ފުރަތަމަ އެއީ ރައީސް ނާޞިރު އަވަހާރަކޮށްލަން ފިސްތޯލަ ގެންގުޅެގެން
  • ދެވަނަ ފަހަރު އެއީ 3 ނޮވެންބަރުގެ ޓެރަރިސްޓު ހަމަލާއާ ގުޅިގެން.
  • މި ދެ ފަހަރު ވެސް އޭނާލައްވައި އެކަން ކުރުވުމުގައި އިސްކޮށް ހުރީ މެޑަމް ފަޒުނާގެ ބައްޕަ ސިއްކަ.
  • ފުރަތަރަމަ ފަހަރު ރައީސް ނަޝީދުގެ ބައްޕަ ސައްތާރު ވެސް ހިމެނޭ.

ކަން މިހެން އޮތް އިރު މިއަދު ޤައުމީ ޓީވީން ފޮނުވި ރިޕޯޓުގައި ބުނަނީ 3 ނޮވެންބަރުގެ ހަމަލާއަކީ ލަންކާ ބަޔަކު ދިން ހަމަލާއެއް ކަމަށެވެ. އެމީހުންނާ އެކު ލުޠުފީ ކިޔާ މީހަކު އައިކަމަށެވެ. މުޅި މައްސަލައަށް ފަސް އަޅައި ފޮރުވައިލީއެވެ. ރިޕޯޓު ލިޔުނު ޕޯޗުގީޒުންނާއި އަނދިރި އަނދިރީން ވެސް ރާއްޖެއަށް ހަމަލާ ދިން ކަމަށް ބުނެއެވެ. އެއީ ކޮން ދެބައެއް ހެއްޔެވެ؟ މޭވާއާއި އޮރެންޖޭ ކިޔާ ހެއްޔެވެ؟ އެއީ އެކައްޗެއް ނޫން ހެއްޔެވެ؟

ކޮންމެއަކަސް ނޮވެންބަރު 3ގެ ވާހަކައާއި ސްރީލަންކާ ބަޔަކާ ގުޅުވާއިރު އެ ބުނާ ބަޔަކީ ކޮން ބައެއްތޯ ސުވާލެއް ނުއުފެދޭ ހެއްޔެވެ؟ ސްރީލަންކާގައި ބައިބައިވުން އުފައްދައި ހަނގުރާމަ ކުރުވަނީ ކޮން ގައުމަކުން ކޮން ދައުލަތަކުން ހެއްޔެވެ؟ ނޮވެންބަރު 2 ވަނަ ދުވަހު ހަވީރު ހަނގުރާމައިގެ ލަޝްކަރެއް އުދުއްސައިލެވޭ ގޮތަށް ތައްޔާރުކޮށްގެން މަލިކު ކައިރީ ތިބީ މި ސަރަހައްދުގެ ކޮން ދައުލަތަކުން ހެއްޔެވެ؟ ޓީވީއެމްގެ ރިޕޯޓުގައި ވަސަންތީއެއްގެ ވާހަކަ ބުނެއެވެ. އޭނާ ތަމްރީނުކުރީ ކޮން ގައުމަކުން ހެއްޔެވެ؟ އެ މަޢުލޫމާތު ވެސް މިއަދު ލިބެން އެބަ ހުއްޓެވެ. ވީ އިރު ފޮރުވަނީ އޮޅުވައިލަނީ އޮޅުވައިލެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ޙަޤީޤަތް ދަންނަ މީހުން ލައްކަ ގިނައެވެ.

3 ނޮވެންބަރުގެ ހަމަލާއަކީ ހަމައެކަނި ލަންކާއިން އެ ގެނައި މީސްކޮޅާ ގުޅިފައި އޮތް ކަމެއް ނޫނެވެ. އެ ކަމެއް ކުރީ ރާއްޖޭގެ މުއްސަނދިކަމާއި ރާއްޖޭގެ މައްޗަށް ބާރުވެރިވެގަތުމުގެ ބޭނުމުގައި ކަމަށް ވަންޏާ އެ ކަން ހާސިލުކޮށްފިއެވެ. ދިވެހީންގެ ލޭ އޮހޮރާ ޚާންދާނަށް ވެރިކަން ހޯދައިދީފިއެވެ. އޭގެ އަގެއްގެ ގޮތުން ދިވެހީންގެ ކަނޑުފަޅާއި މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު އަތުލައިގެންފިއެވެ. ދިވެހީންގެ ގައުމީ ޓީވީން ދިވެހީންގެ މިނިވަންކަމާ ބެހޭ ގޮތުން ތެދެއް ބުނަން ޖެހިލުންވެފައި ވުމަކީ މި ބަހުގެ ތެދުކަން މައްޗަށް އޮތް ވަރަށް ސާދާ ހެއްކެކެވެ. ހިތާމަވެރި ޙަޤީޤަތެކެވެ.

މި ލިއުމާއި ގުޅޭ