Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނޮވެންބަރު 3

މި އަހަރުގެ ނަސްރުގެ ދުވަސްވެސް ސަރުކާރަކަށް މުހިއްމެއް ނުވި!

1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މައްޗަށް ދިވެހިން ހޯދި ނަސްރު ފާހަގަ ކުރުމަށް ކޮންމެ ސަރުކާރަކުންވެސް ގިނަ ހަރަކާތްތަކާއި ޕްރޮގްރާމްތައް ގެނެސްދޭއިރު މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެއްވެސް އަހަރަކު އެފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. އެގޮތުން މިއަހަރުވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް ފާހަގަކޮށްލެވޭ ވަރުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާއްމުކޮށް ކޮންމެ އަހަރަކު ވެސް ސަރުކާރުތަކުން ގިނަ ހަރަކާތްތައް ކުރިއަށް ގެންދާއިރު މި ސަރުކާރުން އެއްވެސް އަހަރަކު އެފަދަ ހަރަކާތެއް ކުރިއަށް ނުގެންދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

އެގޮތުން 2019 ވަނަ އަހަރު އިދިކޮޅުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ 3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާ ރޭވުމުގައި ރައީސް ސޯލިހުގެ ބަފައިބެ ސިއްކަ އަހްމަދު އިސްމާއިލް މަނިކު ބައިވެރިވެފައިވާތީ ކުލަގަދަކޮށް ނަސްރުގެ ދުވަސް ފާހަގަކުރަން މި ސަރުކާރަށް ނުކެރޭނެކަމަށެވެ.

މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ގިނަ ފާޑުކިޔުންތަކެއް މީގެ ކުރިން ވެސް ސަރުކާރަށާއި ރައީސް ޞާލިހަށް އަމާޒުވެފައިވާއިރު މި އަހަރު ވެސް އިދިކޮޅުގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.

ސަރުކާރުން މި ދުވަހާއި ގުޅިގެން އެއްވެސް ހަރަކާތެއް ރާވާފައި ނުވަނީތޯ ސާފުކުރުމަށް "ދިޔަރެސް"އިން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދަށް ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މި ދުވަހާއި ގުޅިގެން ސަރުކާރުން އެއްވެސް ހަރަކާތެއް އަދި މިހާތަނަށް ކުރިއަށް ގެންގޮސްފައި ނުވާއިރު 3 ނޮވެމްބަރު 1988 ގައި ރައީސް މައުމޫނު އަވަހާރަކޮށްލަން ރައީސް ޞާލިހްގެ އަނބިކަނބަލުންގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކު އެދުނުކަމަށް އެ އުދުވާނީ ހަމަލާގެ އެއް މޭސްތިރި ހާޖަރާގެ އަބްދުﷲ ލުތުފީ ވަނީ ބުނެފައެވެ.

3 ނޮވެމްބަރު ގެ އުދުވާނީ ހަމަލާގައި ކުށްވެރިވި މީހުންގެ ތެރޭގައި މެޑަމް ފަޒްނާގެ ބައްޕަ ހިމެނޭއިރު އޭނާއަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އެ މައްސަލައާއި ގުޅިގެން އިއްވާފައެވެ. ރައީސް ޞާލިހް އެދުވަސް ފާހަގަ ނުކުރައްވަނީ އެ ސަބަބާއިހުރެ ކަމަށް ލަފާ ކުރެވެއެވެ.

މިފަދަ މުހިއްމު ކަމަކާއި ގުޅިގެން ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާއިރު އާދައިގެ ކުދި ކުދި ކަންކަމާއި ގުޅިގެންވެސް ކުލަ ގަދަ ރަސްމިއްޔާތުތަކާއި ހަރަކާތްތައް ބާއްވަން މި ސަރުކާރު ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ