Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ރަމީޒު

ދީނާ ޚިލާފު ކަންކަން އާއްމުވުމާއި ގުޅިގެން އަލީ ރަމީޒްގެ ވަރުގަދަ ރައްދެއް އިލްޔާސްއަށް!

އިސްލާމް ދީނާ ޚިލާފު އެތަކެއް ކަމެއް އާއްމުވުޟާ ގުޅިގެން ޝައިޚް އިލްޔާސް ހުސައިން ޓްވީޓުކުރެއްވުމުން ސަލަފް ޖަމިއްޔާގެ ޗީފް މާކެޓިންގ އޮފިސަރ އަދި ސަލަފް ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރާ އަލީ ރަމީޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ހިންދޫންގެ އަޅުކަމަކުން އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިން ފެށި މައްސަލާގައި އިލްޔާސް ވަނީ ޓްވިޓެއް ކުރައްވާފައެވެ.

އެ ޓްވީޓުގައި އިލްޔާސް ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނެއްގެ ޝިއާރުތައް އާއްމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެފަދަ ކަންކަމަށް އިންކާރުކޮށް، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުމުގައި ދެމިތިބޭނެކަމަށެވެ.

އެކަމާއި ގުޅިގެން އިލްޔާސްއަށް ރައްދު ދެއްވަމުން އަލީ ރަމީޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްލާމް ދީން ދިޔަވާ އެހެން ދީނެއްގެ ޝިއާރުތައް އާއްމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި އެފަދަ ކަންކަމަށް އިންކާރު ކުރާކަމަށް އަޑަށް ބާރުލާފައި ވިޑާޅުވެފައި އެވަނީ އެފަދަ ކަންކަމަށް ހިތްވަރުދީ އެ ޖަރީމާތައް ހިންގުމަށް ފަހިކޮށްދީފައިކަމަށެވެ.

ފަހަކަށް އައިސް އިސްލާމްދީނާއި ހިލާފު ކަންކަން ކުރުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. ނަމަވެސް އެފަދަ ކަންކަމާއި ގުޅިގެން ސަރުކާރުން އެދެވޭ ފިޔަވަޅެއް ނާޅާއިރު ސަރުކާރަށް ތާއީދު ކުރައްވާ ދީނީ އިލްމުވެރިންވެސް އެފަދަ ކަންކަން ކުށްވެރި ކުރަނީ މަދު ފަހަރަކުކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ