Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

މިއަދަކީ "ބިރުވެރި ސިއްކަގެ ދުވަހުގެ" ގޮތުގައި ސިފަކުރައްވަމުން ރައީސް ޔާމީންގެ ޅެމެއް!

މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހާއި ގުޅިގެން ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިނގިރޭސި ޅެމެއް ޓުވީޓުކުރައްވައިފިއެވެ.
މިގޮތުން އެމަނިކުފާނު ކުރެއްވި ޓުވީޓުގައި މިދުވަސް ސިފަކުރައްވާފައިވަނީ "ބިރުވެރި ސިއްކަގެ" ދުވަހުގެ ގޮތުގައެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ 3 ނޮވެމްބަރު ގެ އުދުވާނީ ހަމަލާގައި ބައިވެރިވުން އޮވެގެން ޝަރީއަތަށް ސާބިތުވެ އަދަބު ލިބުނު ސިއްކަ އަހުމަދު އިސްމާއިލް މަނިކަށެވެ. ސިއްކަ އަހުމަދު އިސްމާއިލަކީ މިހާރުގެ ފަސްޓް ލޭޑީ ފަޒްނާގެ ބައްޕައެވެ. އަދި ތަމަޅައިން ގޮވައިގެން ދިވެހިރާއްޖެ ހިފަން އައި ލަޝްކަރުގައި އިސްކޮށް ހުރީ ހާޖަރާގެ އަބްދުﷲ ލުތުފީގެ އޭރު ވިޔަފާރި ޕާޓްނަރެވެ.
ރައީސް ޔާމީނުގެ ޓުވީޓުގައި އިތުރަށް ވަނީ ތަމަޅައިން ރާއްޖެއަށް ހަމަލާދިން ގޮތް ސިފަކޮށް ސިފައިންގެ ތެރެއަށް ގްރެނޭޑު އުކި ވާހަކަވެސް ގެންނަވާފައެވެ. އަދި ޤައުމުގެ ދިފާއުގައި ލަޝްކަރެއް ނިކުމެ ހަނގުރާމަ ކުރިކަން ފާހަގަކުރެއްވިއިރު އޭގެ ތެރެއިން 19 ދިވެހިން ޝަހީދުވެ ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދު ނަސްރުގެ ދުވަސް ފާހަގަކުރާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުން ނަސްރުގެ ދުވަސް ފާހަގަކުރަން މާބޮޑު ކަމެއް ނުކުރައްވައެވެ. ފާއިތުވި އަހަރު ނަސްރުގެ ދުވަހު އެމަނިކުފާނު ޓުވީޓުކޮށްފައިވެސް ނުވާއިރު ދައުލަތުގެ މީޑިއާއިން އެ ދުވަހާއި ގުޅޭ ހާއްސް ޕްރޮގްރާމެއްވެސް ގެނެސް ނުދެއެވެ.
އެދުވަހު ދިވެހި ޤައުމުގެ ދިފާއުގައި ހަނގުރާމަކުރި ސިފައިންނަކީ ފިނޑި ފިނދަނަ ތަކެކޭ މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީވެސް ވިދާޅުވެފައިވެއެވެ.
މި ލިއުމާއި ގުޅޭ