Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ބަރުދަން ލުއި ވާނެ ކަމަށް ބުނެ ވިއްކަމުންދާ ބޭހެއް މަނާކޮށްފި

ބަރުދަން ލުއި ވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގައި ވިއްކަމުންދާ ބޭހެއް ކަމަށްވާ ޖަމޫ ސުރުތު އަޔޫ ކިޔާ ބޭހެއް ރާއްޖޭގައި ވިއްކުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަމޫ ސުރުތުގައި ޑޮކްޓަރީބޭސް ލިޑޯކެއިން އަދި ސިބުޓްރަމައިން ހިމެނޭކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ބޭސް ވަނީ ވަރަށް ގިނަ ޤައުމުތަކުގައި މަނާކޮށްފައި ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ. ޖަމޫ ސުރުތު ވިއްކަމުން ދަނީ 100 އިންސައްތަ ފަތްޕިލާވެލީގެ އުފެއްދުމެއް ކަމަށް ބުނަމުން ކަމުގައިވިޔަސް ލިޑޮކެއިންއަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހަކަށްވާއިރު އޭގެ ސަބަބުން ލިބޭނެ ގެއްލުންވެސް އަންދާޒާ ނުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން ސިބުޓްރަމައިން އަކީ އޭގައި ހިމެނޭ ނުރައްކާތެރި ސައިޑް އިފެކްޓްތަކުގެ ސަބަބުން ގިނަ ޤައުމުތަކުގައި މަނާކޮށްފައިވާ ބޭހެއްކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ.

އެމްއެފްޑީއޭ އިން ވަނީ މިފަދަ ބޭސްތައް ގަތުމުގެ ކުރިން ފުރިހަމަ މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ބަރުދަން ލުއި ވާނެ ކަމަށް ބުނެ ރާއްޖޭގެ ބައެއް ފިހާރަތަކުގައި އަދި ފޭސްބުކް/އިންސްޓަގްރާމް ޕޭޖުތަކުގައި ތަފާތު ބާވަތްތަކުގެ ބޭހާއި، ސައިފަތް އަދި ކޮފީ ފަދަ ތަކެތި ވިއްކައެވެ. އާންމުކޮށް ހުންނަ މިފަދަ ބާވަތްތަކަކީ ހަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވާ ތަކެއްޗެވެ.

މި ލިއުމާއި ގުޅޭ