Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިއުވާން މުހައްމަދު

އިސްލާމް ދީނާ ޚިލާފު ކަމެއް ރާއްޖޭގައި ހިންގަން ސަރުކާރުން ފުރުސަތެއް ނުދޭނެ: މިއުވާން

އިސްލާމް ދީނާ ޚިލާފުކަމެއް ރާއްޖޭގައި ހިންގުމުގެ ފުރުސަތު ސަރުކާރުން ނުދޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރާއްޖޭގައި ދީނާ ޚިލާފު ކަމެއް ހިނގާކަމަށް ވާނަމަ ސަރުކާރުން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށާއި އެކަހަލަ ކަމެއް ހިނގާތޯ ސަރުކާރުން ބަލަންވެސް ބަލާނެކަމަށެވެ.

"އަޅުގަނޑުމެން އެއްގޮތަކަށްވެސް ދޫކޮށެއް ނުލާނެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. އިސްލާމް ދީނާ ޚިލާފު އަމަލުތަކެއް ރާއްޖޭގައި ކުރުމުގެ ހިންގުމުގެ ފުރުސަތެއް ސަރުކާރަކުން ނުދޭނެ" މިއުވާން ވިދާޅުވެފައިވެއެވެ.

މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު އިސްލާމް ދީނާ ޚިލާފު އެތަކެއް ކަމެއް މިދިޔަ 48 ގަޑިއިރުގެ ތެރޭގައިވެސް ހިނޣާފައިވާއިރު އެއިން އެއްވެސް ކަމަކަށް ސަރުކާރުން އެއްވެސް އެޗެއް ބުނެފައެއް ނުވެއެވެ.

އެގޮތުން ރާއްޖޭގެ ސަރުކާރުގެ އެއްބާރުލުމާއެކު އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ ހަތަރު މީހަކާއި ލަންކާއަށް ނިސްބަތްވާ ދެމީހަކު ރާއްޖެއައިސް ނަސާރާދީނުގެ ފޮތްތަކެއް ބަހަން ފަށައިފައިވާ ކަމުގެ މައުލޫމާތު "ދިޔަރެސް"އަށް ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ރާއްޖެ އައިސްފައިވަނީ ދެދުވަހަށެވެ. "ދިޔަރެސް" އަށް މައުލޫމާތު ދިންމީހަކު ބުނީ ހުޅުމާލޭގަ ހުންނަ ގެސްޓްހައުސް އަކަށް ދެދުވަހަށް ޗެކިންވި މި ދެމީހުން އެފޮތްތައް ބަހަން ދާތަން ފެނުމުން އެމީހުން ގާތުގައި ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމެއް ކަމަށާއި އެފަދަ ފޮތްތައް ބެހުމަކީ ގާނޫނީ ކުށެއް ކަމަށް ބުނުމުން ބުނެފައިވަނީ އެމީހުން ރާއްޖެ އައިސްފައިނީ ސަރުކާރުގެ ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވާ ކަމަށެވެ.

މީގެއިތުރުން އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، ހިންދޫ ދީނުގެ އަޅުކަމަކުން އިންޑިއާގެ ކުންފުނިން ރަސްމީކޮށް ފެށި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އެގޮތުން އާއްމުވެފައިވާ އެ ވީޑިއޯއިން ހިންދޫ ދީނުގެ މީހުން ހަފްލާތައް ފަށާއިރު ކުރާ އަޅުކަމެއް ފެނިގެންދެއެވެ. އެގޮތުން މަގުގައި ތާރު އަޅާ މެޝިން ބާއްވާފައި އޮންނައިރު، އޭގައި ކާއްޓަކުން ޖަހާ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ. އަދި އަދި ކާށިފެޅުމުގެ ކުރިން ކާށީ ދެއަތް ތެރެއަށްލާ، މޫނުގަޔާ މޭގައި ޖައްސާ އެއްޗެއް ކިޔަވާ، މިފަދަ ހަރަކާތް ވެސް ކޮށްފައި ވެއެވެ. އެއަށްފަހު ކާށީގައި ހުރި ފެން އެމެޝިން މައްޗަށް އޮއްސާ މިކަހަލަ ހަރަކާތްތަކެއް ވީޑިއޯއިން ފެނިގެން ދެއެވެ.

މިއީ ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއެއް ފެށުމަށް އެހެން ގައުމެއްގެ ދީނީ އަޅުކަން ބަޔަކު އިސްކޮށް، އެ ގޮތަށް އަމަލުކުރާ މަންޒަރު ފެނުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ފާދުކިޔުން އަމާޒުވެފައިވާއިރު ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ