Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ސަރުކާރުގެ އެއްބާރުލުމާއެކު ނަސާރާދީނުގެ ފޮތްތަކެއް ބަހަން އިންޑިއާ ބަޔަކު ރާއްޖެއަށް

ރާއްޖޭގެ ސަރުކާރުގެ އެއްބާރުލުމާއެކު އަވަށްޓެރި އިންޑިއާ އަށް ނިސްބަތްވާ ހަތަރު މީހަކާއި ލަންކާ އަށް ނިސްބަތްވާ ދެމީހަކު ރާއްޖެއައިސް ނަސާރާދީނުގެ ފޮތްތަކެއް ބަހަން ފަށައިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ރާއްޖެ އައިސްފައިވަނީ ދެދުވަހަށެވެ. "ދިޔަރެސް" އަށް މައުލޫމާތު ދިންމީހަކު ބުނީ ހުޅުމާލޭގަ ހުންނަ ގެސްޓްހައުސް އަކަށް ދެދުވަހަށް ޗެކިންވި މި ދެމީހުން އެފޮތްތައް ބަހަން ދާތަން ފެނުމުން އެމީހުން ގާތުގައި ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމެއް ކަމަށާއި އެފަދަ ފޮތްތައް ބެހުމަކީ ގާނޫނީ ކުށެއް ކަމަށް ބުނުމުން ބުނެފައިވަނީ އެމީހުން ރާއްޖެ އައިސްފައިނީ ސަރުކާރުގެ ހުއްދަ ހޯދައިގެން ކަމަށް ބުނެފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ އޮފީތަކާއި އަމިއްލަ ކޮލެޖްތަކަށް މި ފޮތް ބަހާފައިވާނެ ކަމަށް އެމީހުން މައުލޫމާތު ދިން ކަމަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

އެމީހާ ބުނީ އެ ހަމީހުން އައީ ސީދާ އެފޮތްތަކާއެކު އެފޮތްތައް ރާއްޖޭގެ މުއައްސަސާތަކަށް ބެހުމަށް ކަމަށެވެ. އެ ހަމީހުން ވެސް މާދަމާގެ ވަގުތެއްގައި އެނބުރި ދާނެ ކަމަށް އެމީހާ ކިޔައިދިނެވެ.

މި ކަމާއި ގުޅިގެން އެހެން ފަރާތަކުން މި ނޫހަށް ކިޔައިދިން ގޮތުގައި އޭނާ އަކީ ކޮލެޖެއްގެ ލެކްޗަރާއެއް ކަމަށާއި އޭނާ މިއަދު ކޮލެޖަށް ގޮސް ކެބިން އަށް ވަންއިރު މޭޒުމަތީގައި ފޮތެއް އޮތް ކަމަށެވެ.

އެފޮތަކީ ކޮލެޖުން ދީފައިވާ މޮޑިއުލެއް ކަމަށް ހީކޮށް މޭޒުގެ ވަތްގަނޑަށް ލީކަމަށާއި ކްލާހަކަށް ދާން ވެގެން އެފޮތަކީ ކޮން ފޮތެއްތޯ ބަލަންވެގެން ފޮތް ނެގިތަނާ އެފޮތުގައި ބައިބަލް އެއް ކަމަށް ލިޔެފައި އޮތުމުން ވަގުތުން އެ ފޮތް ޑަސްބިނަށް ލީކަމަށް އެ ލެކްޗަރާރ ވިދާޅުވިއެވެ.

އަދި ފަހުން ބެލި ބެލުމުން އެނގުނު ގޮތުގައި އެ ފޮތަކީ މި ބުނާ 6 މީހުން ގެނެސްގެން ބަހަމުންދާ ފޮތެއް ކަން އެނގިފައިވާ ކަމަށް އެ ލެކްޗަރާރ ވިދާޅުވިއެވެ.

އިއްޔެ ވެސް ވަނީ މިފަދަމައްސަލައެއް ފާހަގަ ވެގެން ގޮސްފައެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ) އިން ފާޅުގައި ނަޞާރާ ދީނުގެ ކްރިސްމަސް ޕްރޮމޯޓް ކުރަމުންދާ މައްސަލަ ޝެއިޚް އާދަމް ނިޝާން ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެމައްސަލަ އާ ގުޅިގެން ޝެއިޚް ނިޝާން ކުރެއްވި ޓްވީޓެއްގައި ފޮޓޯއެއް ހިއްސާ ކުރައްވަމުން ވިދާޅުވީ ނަޞާރާއިން ފާހަގަކުރާ އެމީހުންގެ އެންމެ ބޮޑު ދީނީޢީދު ކަމުގައިވާ ކްރިސްމަސް އޮތް އިރު، އެމްއެންޔޫގެ ބޭރުގައި ހަރުކޮށްފައިވާ އިޝްތިހާރު ބޯޑުގައި ހުރި ހުރިހާ ކުރެހުމަކީ ކްރިސްމަސް ފާހަގަ ކުރާ ކުރެހުންތަކަށް ވުމަކީ އިއްތިފާޤެއް ނޫން ކަމަށެވެ.

އަދި "މިއީ މިދީބުގައި އެހެން ދީންތައް ފެތުރުމަށް، ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސްގެ ނަމުގައި މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑަށް ރޭވިގެން ހިންގަމުންދާ ކަންކަން" ކަމަށް ޝެއިޚް ވިދާޅުވެފައި ވެއެވެ.

މި ސަރުކާރުން އިސްލާމްދީނާ ޚިލާފް ކަންކަން ޕްރޮމޯޓް ކުރަމުންދާ ކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ