Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުފްތީ މެންކް

ސިނަމާލެ ބްރިޖުގެ މޭސްތިރިންނަށް ބްރިޖު އޮތްހާ ދުވަހަކު ސަވާބު ލިބޭނެ: މުފްތީ މެންކު

މާލެ އާއި ހުޅުމާލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖު އެތަނުގައި ދެމިއޮތް ހާދުވަހަކު ބްރިޖު ހަގީގަތަށް ހެދި ފަރާތްތަކަށް އެކަމުގެ ސަވާބު ލިބޭނެ ކަމަށް މުފްތީ މެންކު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިސް ފަރާތްތަކަށް ހާއްސަކޮށްގެން ރަސޫލާގެ ހަޔާތްޕުޅުން ލިބޭ ފިލާވަޅުތަކާއި ގުޅޭގޮތުން ދެއްވި ތަގުރީރެއްގައި މުފްތީ އަލިއަޅުއްވައިލެއްވީ ދެމިގެންވާ ސަދަގާތް ކުރުމަށެވެ. މިގޮތުން ގަހެއް އިންދައިފި މީހަކަށް އެގަހުގެ ހިޔާ ބަޔަކަށް ލިބޭ ހާ ހިނދަކު ސަވާބު ލިބޭނެކަމަށް މުފްތީ ވިދާޅުވިއެވެ. އަދި ފެން ވަޅެއް ޤާއިމް ކުރި ފަރާތަކަށް އެ ވަޅުން ފެން އަންނަހައި ދުވަހަކު އޭނާ ދުނިޔެ ދޫކުރިއަސް ސަވާބު ލިބޭނެ ކަމަށް މުފްތީ ވިދާޅުވިއެވެ.

އޭގެ އިތުރު މިސާލެއް ދައްކަވަމުން މުފްތީ ވިދާޅުވީ މީގެ އަހަރުތަކެއް ކުރިން މާލެ ހުޅުމާލެ-ގުޅާލާ ބްރިޖެއް ނޯންނަ ކަމަށެވެ. އެ ބްރިޖު ބިނާކޮށް، އެކަން ހަގީގަތަކަށް ހެދި މޭސްތިރިންނަށް ބްރިޖުން މީހުން ހުރަސް ކުރާހާ ދުވަހަކު، އަދި އެ ބްރިޖު ދެމިއޮތްހާ ދުވަހަކު ސަވާބު ލިބޭނެ ކަމަށް މުފްތީ ވިދާޅުވިއެވެ.

"ބްރިޖު އެޅި ފަރާތްތަކުން ވަނީ އެމީހުންގެ މަޤާމާއި، ﷲ އެމީހުންނަށް ފަހިކޮށްދެއްވި ފުރުސަތުގެ ބޭނުންކޮށްގެން އެކަން ހަގީގަތަކަށް ހަދާފައި" މުފްތީ ވިދާޅުވިއެވެ.

މީގެ އިތުރުން މުފްތީ ވަނީ ﷲ ބާރުވެރިކަމެއް ދެއްވުމުން ރަނގަޅު ނިޔަތުގައި ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދިނުމުން އެކަމުވެ ސަވާބާއި ދަރުމަ ދާއިމަށް ލިބިގެންދާނެ ކަމަށް ހަނދާންކޮށްދެއްވާފައެވެ.

މިއީ ތަގުރީރެއްގައި މުފްތީ ބްރިޖުގެ ވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ފިލިޕިންސްގައި ބޭއްވި ދަރުސެއްގައިވެސް މުފްތީ ވަނީ ސިނަމާލެ ބްރިޖުގެ މިސާލު ނަންގަވާފައެވެ.

ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނުގެ އިސް ނެންގެވުމުގެ މަތިން ބިނާކުރެވުނު ބްރިޖެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގުން އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.

މި ލިއުމާއި ގުޅޭ