Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ރަޝީދު (ހިޔަލީ)

އައްޑޫގެ އިގްތިޞާދީ މަޝްރޫއުތައް މި ސަރުކާރަށް ނުނިންމޭކަމަށް އަހުމަދު ރަޝީދު ވިދާޅުވެއްޖެ

އައްޑޫގެ އިގްތިޞާދީ މަޝްރޫއުތައް މި ސަރުކާރަށް ނުނިންމުނުކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މެންބަރު އަހްމަދު ރަޝީދު މިފަދައިން ވިދާޅުވީ ޓެކްސް ބޮޑު ކުރާ ބިލަށް އޭނާ ތާއީދު ނުކުރައްވާކަން ހާމަކުރައްވަކުން ކުރެއްވި ޓްވީޓެއްގައެވެ.

މެންބަރު ވިދާޅުވީ އައްޑޫގެ އިގްތިޞާދީ މައި ހަބު ކަމަށްވާ ގަން އެއާޕޯޓު، ސީ ޕޯޓު ތަރައްގީކުރަށް ބުނެ އެކަންވެސް މި ސަރުކާރަށް ނުކުރެވުނުކަމަށާއި ބަންދުކުރި ރިސޯޓުތައްވެސް ނުހުޅުވުނުކަމަށެވެ.

އަހުމަދު ރަޝީދު ވިދާޅުވީ މިކަންކަން ނުކުރެވި އައްޑޫގެ ރައްޔިތުންނަށް ދަތި ވަގިތެއްގައި ޖީއެސްޓީ ބޮޑުކުރަން އޭނާ ތާއީދު ނުކުރައްވާކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެވެ. އެގޮތުން ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.
ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވަނިކޮށެވެ.
އެގޮތުން ރާއްޖޭގެ ޖީއެސްޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އައިއެމްއެފްއިން މިދިޔަ މަހުގެ 16 ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރުން ރަނގަޅު ނޫންކަމަށެވެ.
ސަރުކާރުން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން އުޅޭތީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިއުމާއި ގުޅޭ