Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ބަޖެޓު

ނުކުޅެދުންތެރި ފަރާތްތަކަށް އަންނަ އަހަރު ކުޑަ ބަޖެޓެއް!

ބަލިވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީ ދިނުމަށް ކަނޑައަޅާ ބަޖެޓު ކުޑަކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ބަލިވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖުމްލަ 1.6 ބިލިއަން ރުފިޔާއެވެ. މި ހިނގާ 2022 ވަނަ އަހަރު ބަލިވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބަޖެޓުކޮށްފައިވަނީ 2،1 ބިލިއަން ރުފިޔާއެވެ.

އެހެން ކަމުން މިއަހަރާއި އަޅާ ބަލާއިރު އަންނަ އަހަރު ބަޖެޓު ވަނީ 500 މިލިއަން ރުފިޔާއިން ކުޑަކޮށްފައެވެ.

މި އެހީތައް ކުޑަކޮށްފައިވާއިރު އަންނަ އަހަރަށް އެންސްޕާއަށް ކަނޑައެޅި ބަޖެޓުވެސް ސަރުކާރުން ވަނީ ކުޑަކޮށްފައެވެ. މިއަހަރު އެންސްޕާއަށް 2.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އެންސްޕާއަށް ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. އެއީ 300 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ހަރަދުކުރަނީ އެންސްޕާގެ ބަޖެޓުން ކަމަށްވާއިރު އެންސްޕާގެ ބަޖެޓު ކުޑަކުރުމުން އެ ފަރާތްތަކަށް އެހީތެރިވުމަށް ދަތިތަކާއި ކުރިމަތިވާނެ ކަމަށް ލަފާކުރެވެއެވެ. އެންސްޕާގެ ބަޖެޓު ކުޑަކޮށްފައިވާއިރު ސަރުކާރުން ވަނީ ސިޔާސީ މަޤާމުތަކަށް ކުރާ ހަރަދާއި، އެފަދަ ބައެއް ބޭކާރު ހަރަދުތައް އިތުރުކުރަން ބަޖެޓުކޮށްފައެވެ.

އަންނަ އަހަރު ބަޖެޓު ފޫބައްދަން ސަރުކާރުން ދަނީ ޖީއެސްޓީ ބޮޑުކުރުމަށް މަސައްކަތް ކުރަމުންނެވެ. މަޖިލީހުގެ ކޮމިޓީން ޖީޢެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރާ ބިލް ފާސްކޮށްފައިވާއިރު މަޖިލީހުންވެސް އެ ބިލް ފާސްކުރާނެ ކަމަށްބެލެވެއެވެ. އެމްޑީޕީއިން ވަނީ ބިލާ އެއްކޮޅަށް ވޯޓު ދިނުމަށް 3 ލައިން ވިޕެއް ނެރެފައެވެ.

މި ލިއުމާއި ގުޅޭ