2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކުޅިވަރާއި މުނިފޫހިފިލުވުމަށް ދީފައިވާ ބަޖެޓު ދީނީ ޚިދުމަތްތަކަށް ޚަރަދުކުރަން ލަފާކުރާ އަދަދަށްވުރެ ބޮޑެވެ.
ފާއިތުވި 2021 ވަނަ އަހަރު ފާސްކުރި 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް ކުޅިވަރާއި މުނިފޫހިފިލުވުމަށް ޚަރަދުކުރަން ހިމަނާފައި އޮތީ ދީނީ ޚިދުމަތްތަކަށް ޚަރަދުކުރަން ހިމަނާފައިވާ މިންވަރަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.
2022 ވަނަ އަހަރުގެ ބަޖެޓުގެ ރިވައިސްކުރި ހިސާބުތަކަށް ބަލާއިރު ދީނީ ޚިދުމަތްތަކަށް މި އަހަރު ޚަރަދުވާނީ 337.7 މިލިއަން ރުފިޔާއެވެ. މުނިފޫހިފިލުވުމާއި ކުޅިވަރަށް ޖުމްލަ 606 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިހާރު އަންދާޒާކުރެވެއެވެ.
އަންނަ އަހަރު ކުޅިވަރާއި މުނިފޫހިފިވުމުމުގެ ހަރަކާތްތަކަށް 430 މިލިއަން ރުފިޔާ ޚަރަދުކުރަން ނިންމާފައިވާއިރު، ދީނީ ޚިދުމަތްތަކަށް ޚަރަދުކުރަން ނިންމާފައިވަނީ 369 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުގެ 0.9 އިންސައްތައެވެ.