Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެސްޓީއޯ

ތިންވަނަ ކުއާޓާ ނިމުނުއިރު އެސްޓީއޯއިން ދަރަންޏަށް ނެގި ފައިސާ 2.3 ބިލިއަން ރުފިޔާއަށް

މި އަހަރުގެ ތިންވަނަ ކުއާޓާގެ ނިޔަލަށް ދައުލަތުގެ މައި ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ދަރަންޏަށް ނެގި ފައިސާގެ އަދަދު 2.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.

ތިންވަނަ ކުއާޓާގެ ނިޔަލަށް ކުންފުނީގެ ޖުމްލަ ދަރަންޏަކީ 6.1 ބިލިއަން ރުފިޔާއެވެ. އެ ފައިސާގެ ތެރެއިން އެކި ފަރާތްތަކުން ހޯދާފައިވާ ޚިދުމަތަށާއި މުދަލަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ހިމެނެއެވެ.

ކުރިއަށް އޮތް 12 މަސްދުވަސް ދުވަހުގެ ތެރޭގައި އެސްޓީއޯއިން އަދާކުރަންޖެހޭ ދަރަނި އަހަރުގެ ދެވަނަ ކުއާޓާގެ ނިޔަލަށް 6.2 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް ތިންވަނަ ކުއާޓާގައި އެ އަދަދުވަނީ 5.8 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކެނޑުމަށްފަހު 255 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ. އަދި ޓެކުސްގެ ގޮތުގައި 36.7 މިލިއަން ރުފިޔާ ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 168 މިލިއަން ރުފިޔާއެވެެ. ތިންވަނަ ކުއާޓާގައި ހިއްސާއަކަށް ޖެހުނު ފައިދާއަކީ 149 ރުފިޔާއެވެ.

ތިންވަނަ ކުއާޓާގައި ވިޔަފާރި ފައިދާއިން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި އެސްޓީއޯއިންވަނީ 47.4 މިލިއަން ރުފިޔާ ދައްކާފައެވެ.

މި ލިއުމާއި ގުޅޭ