Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެ

ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސް ދިވެހިރާއްޖެއިން ފެނިއްޖެކަން ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިން ބައްދަލުވުމެއްގައި އެމިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި ކުރެންދޫ ރިސޯޓުގައި ތިބ ދެ ފަރާތެއް ކަމުގައެވެ. މިނޫސްވެރިން ބައްދަލުވުމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވެފައިވާ ގޮތުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އެރިސޯޓުގައި މަސައްކަތްކުރި ދެ މުވައްޒިފުން ކަމުގައެވެ. އަދި އެމުވައްޒަފުންނަކީ އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެމުވައްޒަފުން ކަމުގައިވެސް ހެލްތުމިނިސްޓަރު ވިދާޅުވިއެވެ.
މިހާރު ކުރެއްދޫ ރިސޯޓުގައި އޮރޭންޖު އެލާޓު އިޢުލާނުކޮށްފައިވާ ކަމުގައި ހެލްތު މިނިސްޓަރު ޢަބްދު އަމީން ވިދާޅުވިއެވެ. އަދި އިއްޔެއިން ފެށިގެން އެރަށްވަނީ ފުރާލެފުން މަނާކޮށްފައި ކަމުގައިވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެކޭސް ޕޮޒިޓިވްވުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމުގައިވެސް އަމީން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވެފައިވަނީ ދުނިޔޭގައި ފެތުރެމުން ގޮސް ދިވެހިރާއްޖެއަށް އަންނާނެ ކަމުގައި ބަލައިގެން ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމުގައެވެ. އަދި ސަރުކާރު އޮތީ މިޙާލަތު އަންނާނެ ކަމުގައި ބަލައި މިކަމަށް އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައިވާ ކަމުގައެވެ.
ފަތުވެރިކަމާ ބެހޭ ވަޒީރު ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތައް ކިބައިން އެދިވަޑައިގެންފައިވަނީ އެޗްޕީއޭއިން ދޭ ލަފައާއި އިރުޝާދުތަކާ އެއްގޮތަށް މަސައްކަތްކުރެއްވުމަށެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަށް ލޮޅުންތަކެއް އަންނާނެ ކަމުގައާއި އެކަންކަމުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ސަރުކާރާއި ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކާ ގުޅިގެން ކުރަމުންދާނެ ކަމުގައިވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް މިރޭ 9 ޖަހާއިރު ކެބިނެޓު ބައްދަލުވުމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބާއްވަވާނެ ކަމުގައި ޢަލީ ވަޙީދު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ