Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު މަހްލޫފް

ޤައުމު ވިއްކަނީ އޭ، ލާދީނީ އޭ ކިޔަނީ ތަރައްގީ ގެންނާތީ: މަހްލޫފް

ސަރުކާރުން ޤައުމު ވިއްކަން އުޅޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ސަރުކާރުން ގެންނަމުންދާ ތަރައްގީ އާ ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތުމުންކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ނ.މަގޫދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ފޯޅަވަހީގެ މައްސަލަ ނިމިފައިވާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލާފައިވާ ކަމަށްބުނެ ހަދަމުންދަނީ ބުހުތާނު ދޮގު ވާހަކަަތަކެއް ކަމަށެވެ. މަހްލޫފް މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދަކީ ދެކުނުން 200 މޭލުގެ ސަރަހައްދެއް ކަމަށް ރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް އަބަދުވެސް އައީ ބުނަމުންނެވެ. ސަރުކާރުތަކުގެ އެ ސްޓޭންޑު ބަދަލުކޮށް އެތަނުން ބައެއް މޮރިޝަސްއަށް ދޫކޮށްލަން ނިންމީ މި ސަރުކާރުންނެވެ.

މަހްލޫފް އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރުން ރަށްތަކަށް ކަންތައް ކޮށްދެމުން ގެންދާކަން ކުރީގެ ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެ ވާހަކަ ދައްކަން ފުރުސަތު ނެތުމުން އެހެން ވާހަކަތައް ދައްކަވަނީ ކަމަށެވެ. އަދި އިންޑިއާ އާއި އެކު މި ސަރުކާރުން ބާއްވަނީ ކުރީގެ ސަރުކާރުން ޗައިނާ އާއި އެކު ބޭއްވިފަދަ ގުޅުމެއް ކަމަށް ވިދާޅުވެ މަހްލޫފް އިތުރުފުޅު ހެެއްދެވިއެވެ.

ކުރީ ސަރުކާރުން ޗައިނާއިން ލޯނު ނަގައިން ރާއްޖޭގައި އުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއެވެ. އެހެން ނަމަވެސް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ޗައިނާ ސިފައިން ޤާއިމްވެގެންނެތެވެ. އަދި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ޗައިނާއިން ވަދެފައިނުވެއެވެ. އެއާއި ހިލާފަށް އިންޑިއާގެ ގިނަ އަދަދަކަށް ސިފައިން ރާއްޖޭގައި މިހާރު ތިބި އިރު ރާއްޖޭގެ ހުރިހާކަމަކަށް އިންޑިއާއިން ނުފޫޒު ފޯރުވައެވެ.

"ތަފާތުނުކޮށް ރައްޔިތުންނަށް މި ގެނެސްދޭ ތަރައްގީއާ ބެހޭގޮތުން ދައްކާނެ ވާހަކަ ނެތުމުން ދެން އަޅުވަނީ ލާދީނީއޭ، ގައުމު ވިއްކަނީއޭ. އެ ލާދީނީ ވާހަކަވެސް އެމްޑީޕީ އަށް ގޮވަން އުޅުނު އެކަކު ނޫންތޯ އަޅުގަނޑަކީ ވެސް. އެއީ ސިޔާސީ ވާހަކައެއް. އެއީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ވަކި ގޮތަކަށް ރޭވިގެން ކުރެވޭ ކަންކަން." ޗާގޯސް މައްސަލާގައި ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ދިފާއުގައި މަހްލޫފް ވިދަޅުވިއެވެ.

ޗާގޯސް މައްސަލާގައި ސަރުކާރުން އަމަލުކުރާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ކުރީގެ ތިން ބަންޑާރަ ނައިބުން ކަމަށްވާ ޑރ.މުނައްވަރު، އާޒިމާ ޝުކޫރު އަދި ދިޔާނާ ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ