Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ރެޑްވޭވް "ޕާރފެކްޓް މެޗް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރެޑްވޭވް ގެ ހައިސެންސް ބްރޭންޑުގެ ޕްރޮޑަކްޓް ގަތް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ޕާރފެކްޓް މެޗް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

ރެޑްވޭވް މެގަމޯލް ގައި ކުރިއަށް ގެންދިޔަ މި ލަކީޑްރޯ އިވެންޓް ރެޑްވޭވްގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާފައިވެއެވެ.

މިޕްރޮމޯޝަންގެ ދަށުން ހައިސެންސް ބްރޭންޑުން ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްފައިވެއެވެ. ކޫޕަންގެ ތެރެއިން ތެރެއިން 5 ފަރާތެއް ހޮވާފައެވެ. އެގޮތުން ކޮންމެ ފަރާތަކަށްވެސް ހައިސެންސްގެ ޓީވީއަކާއި އެކު ސަޕްރައިޒް އިނާމެއްގެ ގޮތުގައި ސައުންޑްބާއެއް ލިބިފައިވެއެވެ.

މިއަދުގެ އިވެންޓުގައި މުބާރާތުގެ އެންމެ ބޮޑު އިނާމްކަމަށްވާ ފީފާ ވޯރލްޑްކަޕް ގަތަރު 2022ގެ ފައިނަލް މެޗް ބަލައިލުމަށް ދެ ޓިކެޓް ލިބިގެންދާ ނަސީބުވެރި ފަރާތްވެސް ހޮވާފައިވެއެވެ. އެ އިނާމު ލިބުނީ (ކޫޕަން ނަމްބަރ: 0007157) މާނިހްއަށެވެ.

ރެޑްވޭވްއިން މައުލޫމާތު ދެއްވާގޮތުގައި މިޕްރޮމޯޝަން ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށެވެ. އަދިވެސް ހައިސެންގެ ޕްރޮމޯޝަންތަކާއި އޮފާތަށް ވޯލްޑްކަޕް ނިމެންދެން ކުރިއަށް ދާނެކަމުގައި ރެޑްވޭވުން މައުލޫމާތުދެއެވެ.

ރެޑްވޭވް ހައިސެންސް ޕާރފެކްޓް މެޗް ޕޮރޮމޯޝަންގެ ނަސީބުވެރިން:

  • (ކޫޕަން ނަމްބަރ: 0007157/ މާނިހް) 2 ފަރާތަކަށް ފީވާ ވޯރލްޑް ކަޕް ބަލައިލުމަށް ގަތަރު ދަތުރު
  • (ކޫޕަން ނަމްބަރ: 0004770/ ސާޖިދާ މުފީދު) ހައިސެންސް ޓީވީ އަދި ސައުންޑް ބާރ
  • (ކޫޕަން ނަމްބަރ: 0001314/ އިސްމާއިލް އަރުހަމް) ހައިސެންސް ޓީވީ އަދި ސައުންޑް ބާރ
  • (ކޫޕަން ނަމްބަރ: 0007053/ އިބްރާހިމް) ހައިސެންސް ޓީވީ އަދި ސައުންޑް ބާރ
  • (ކޫޕަން ނަމްބަރ: 0006924/ ހައްވާ ޔާނާ އަހްމަދު) ހައިސެންސް ޓީވީ އަދި ސައުންޑް ބާރ
  • (ކޫޕަން ނަމްބަރ: 0000168/ އަހްމަދު ދީދީ) ހައިސެންސް ޓީވީ އަދި ސައުންޑް ބާރ

ރެޑްވޭވްއިން ބުނީ މިޕްރޮމޯޝަން ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ފުރިހަމަ ތަރުޚީބު ލިބިގެންދިޔަ ޕްރޮމޯޝަނަކަށްކަމަށާއި އަދިވެސް ހައިސެންގެ ޕްރޮމޯޝަންތަކާއި އޮފާތަށް ވޯލްޑްކަޕް ނިމެންދެން ކުރިއަށް ދާނެކަމަށެވެ.

މި ލިއުމާއި ގުޅޭ