Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

ހިންގުމުގެ ހަރަދު ބޮޑުވެ ވެމްކޯއަށް މިލިއަނުން ގެއްލުން!

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 31.6 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން އާންމުކޮށްފައިވާ ދައުލަތުގެ ކުންފުނިތަކުގެ ފުރަތަމަ ކުއާޓަރގެ މާލީ ހިސާބުތަކަށް ބަލާއިރު ވެމްކޯއަށް 52.8 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. އެހެން ނަމަވެސް ކުންފުނީގެ ހިންގުމުގެ ހަރަދު އިތުރުވުމުގެ ސަބަބުން ވެމްކޯއަށް ވަނީ ބޮޑު ގެއްލުމެއްވެފައެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ވެމްކޯއަށް ލިބުނު ގެއްލުން 161 އިންސައްތަ އިތުރެވެ.

ވެމްކޯއަށް ލިބުނު ގެއްލުން ބޮޑުވެފައިވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު އާމްދަނީވެސް ވަނީ އޭގެ ކުރިއާއި އަޅާބަލާއިރު މަދުވެފައެވެ. މިގޮތުން 2021 ގެ ފަހު ކުއާޓަރ އާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 5 އިންސައްތަ މަދުވެފައެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތްފަހުން ދައުލަތުގެ ގިނަ ކުންފުނިތަކަށް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައެވެ. ފައިދާވާކަމަށް ފެންނަ ކުންފުނިތަކަކީވެސް ސަރުކާރުން ފައިސާ ހަރަދުކޮށްގެން ހިންގާ ކުންފުނިތަކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުން ހިންގުމުގެ ހަރަދަށް ފައިސާ ނުދީ ފައިދާ ވާ ހަމަ އެކަނި ކުންފުނިތަކަކީ އެމްއޭސީއެލް، ދިރާގު، ބޭންކް އޮފް މޯލްޑިވްސް އަދި އިސްލާމިކް ބޭންކެވެ.

މި ލިއުމާއި ގުޅޭ