Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑިފެންސް މިނިސްޓްރީ

މިދިޔަ އަހަރު 21 ބޯޓު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވި، ސްރީލަންކާގެ 20 ބޯޓެއް

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް މިދިޔަ އަހަރުގެ ތެރޭގައި ގާނޫނާ ހިލާފަށް 21 ބޯޓެއް ވަދުނު ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް މިދިޔަ އަހަރުގެ ތެރޭގައި ގާނޫނާ ހިލާފަށް ވަދެއުޅުނު 21 އުޅަނދު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ 20 ބޯޓަކާއި އިންޑިއާގެ އެއް މަސް ބޯޓެވެ.
ރިޕޯޓުގައިވާ ގޮތުން އޭގެ ތެރެއިން އަށް ބޯޓެއްގެ ކެޕްޓަންގެ ސްޓޭޓްމަންޓް ނެގުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އަދި 10 ބޯޓެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެކަމަކު ބާކީ ތިން ބޯޓު ދޫކޮށްލީ ކަމެއް ނުވަތަ އަދިވެސް އޮތީ އެމްއެންޑީއެފްގެ ބެލުމުގައި ކަމެއް ޑިފެންސުން ހާމައެއް ނުކުރެ އެވެ.
މި ލިއުމާއި ގުޅޭ