Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

މިދިޔަ އަހަރު 76 މީހަކު އެމްއެންޑީއެފްގެ ވަޒީފާއިން ވަކިވި

އެކި ސަބަބުތަކާހުރެ މިދިޔަ އަހަރު 76 މީހަކު ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ވަޒީފާއިން ވަކިވެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީގެ އަހަރީ ރިޕޯޓުގައި ބުނެފި އެވެ.

އެ މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު އެމްއެންޑީއެފްގެ ވަޒީފާއިން ވަކިވި 76 މީހުންގެ ތެރޭގައި އެންމެ ގިނައީ ޕްރައިވެޓުންނެވެ.

ވަކިވި މުވައްޒަފުންގެ ރޭންކާއި އަދަދު:

* ޕްރައިވެޓް: 41

* ކޯޕްރަލް: 12

* ލާންސް ކޯޕްރަލް: 8

* ސާޖެންޓް: 5

* ސާޖެންޓް ފަސްޓް ކްލާސް: 3

އޭގެ އިތުރުން ލެފްޓިނަންޓް، ރެކްރޫޓް، ފަސްޓް ލެފްޓިނަންޓް، ކާނަލް، ފަސްޓް ސާޖެންޓް، ސްޓާފް ސާޖެންޓް އަދި ބްރިގޭޑިއާ ޖެނެރަލް، ކޮންމެ މަގާމަކުން އެކަކު މިދިޔަ އަހަރު ވަކިވެފައިވެ އެވެ.

އަހަރީ ރިޕޯޓު ދައްކާގޮތުން މިދިޔަ އަހަރު އެމްއެންޑީއެފުން ސިފައިންގެ ވަޒީފާ ހަމަޖައްސައިދީފައިވަނީ ޖުމްލަ 201 މީހަކަށެވެ. އަދި މިދިޔަ އަހަރު އެމްއެންޑީއެފްގެ 543 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ދީފައިވެ އެވެ.

މި ލިއުމާއި ގުޅޭ